
އުއްތަމަ ފަނޑިޔާރު، ނަޝީދުއަށް ގުޅުއްވި ކަމަށްބުނެ ފަތުރަމުންދާ ހަބަރަށް ނަޝީދުގެ ރައްދު: "އަލިފުން ޔާއަށް އޭގައި ހުރީ ދޮގު"
# ރައީސް ނަޝީދު--
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ގުޅުއްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ނަޝީދު ދޮގުކުރައްވައިފި އެވެ.

ރައީސް ނަޝީދު މިފަދައިން ހާމަކުރެއްވީ އެމަނިކުފާނުގެ އޮފީހުން މިރޭ ނެރުއްވި ބަޔާނެއްގައި އެވެ. އެގޮތުން ބަޔާނުގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ރައީސް ނަޝީދުއާއި މުއާމަލާތްކުރި ކަމަށްބުނެ ރާއްޖެ އެމްވީގައި މިއަދުގެ 18:10 ގައި ޝާއިރުކޮށްފައިވާ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.
އެގޮތުން އެކަމާއި ގުޅިގެން ބަޔާނުގައި ލިޔުއްވާފައިވަނީ "އަލިފުން ޔާޔަށް އޭގައި އެހެރި ވާހަކައަކީ ކަނޑައެޅިގެން ދޮގެއް" ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.
ރައީސް ނަޝީދުގެ އޮފީހުގެ ބަޔާނުގައި އިތުރަށް ބުނީ އުއްތަމަ ފަނޑީޔާރު މުއުތަސިމް އަދްނާނަކީ އެމަނިކުފާނުގެ ނަޒާހާތްތެރިކަމާއި މެދު ދުވަހަކުވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކުގައި މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލަވާނެ ބޭފުޅެއް ކަމާއި މެދު ކުޑަވެސް ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ.
"އެމަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަނުކުރީވެސް މި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ" ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.
ނަޝީދު މިފަދަ ބަޔާނެއް ނެރުއްވާފައިވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ މައްސަލަ އެއް ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި 6 ވަނަ އިސްލާހްގެ މައްސަލަ ގާނޫނީ ވަކީލު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ވެއްދުމުން އެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓަރ ރައުފާ ހައިދަރު ނިންމެވި ކަމަށާއި އެކަމާއި ގުޅިގެން އުައްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރައީސް ނަޝީދު އަށް ފޯނުން ގުޅުއްވައި އެވާހަކަ ދެންނެވި ކަމަށްބުނެ ރާއްޖެ އެމްވީއިން ރިޕޯޓުކުރުމާއި ގުޅިގެންނެވެ.
ގުޅުންހުރި

އުއްތަމަ ފަނޑިޔާރު، ނަޝީދުއަށް ގުޅުއްވި ކަމަށްބުނެ ފަތުރަމުންދާ ހަބަރަށް ނަޝީދުގެ ރައްދު: "އަލިފުން ޔާއަށް އޭގައި ހުރީ ދޮގު"

ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން - ނަޝީދު

ރައީސް އަޒުލުކުރަން އިންޑިއާއިން ރޭވި ކަމުގެ ތުހުމަތަށް ނަޝީދުގެ ރައްދު: އިންޑިއާއިން އެފަދަ ކަމެއް ނުކުރާނެ!
