
big_9EQ8lKI7La7unk4CXgBG0P6DF
ކޮވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި މިއަދު ނިޔާވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ އުމުރުން 84 އަހަރުގެ ފިރިހިނެކެވެ.
އެމީހާގެ ޖަނާޒާ މިއަދު މެންދުރު ހުޅުމާލޭގައި ވަނީ ބާއްވާފައެވެ. މިއަދު ނިޔާވި މީހާއަކީ މިމަހު ރާއްޖެއިން ކޮވިޑްގައި ނިޔާވި ފަސްމީހާއެވެ.
މި ބަލީގައި މިހާތަނަށް ޖުމުލަ މި ބަލީގައި މިހާތަނަށް 312 މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 293 ދިވެހިންނާއި 19 ބިދޭސީންނެވެ.
ރާއްޖެއިން މިހާތަނަށް 185،454 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.