
covid facility
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުމާއި، އަރިދަފުސް ރޯގާ އަދި ކޮވިޑްގެ ކޭސްތައް އިތުރު ވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ހުމާއި، އަރިދަފުސް ރޯގާ އަދި ކޮވިޑް ފަދަ ބަލިތައް ރިޕޯޓްކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށް މި އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހު ރާއްޖެއިން 185 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވާއިރު، އޮކްޓޯބަރ މަހު 328 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެއާއެކު ކޮވިޑްގެ އައު ވޭރިއެންޓްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި އިތުރުވަމުންދާތީ، ކޮވިޑް -19 އިން މުޅި މުޖުތަމައު ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ފާއިތުވި ހަފްތާގައި ރާއްޖެއިން ކޮވިޑް ޖެހުނު މީހަކު ވަނީ ނިޔާވަފެއެވެ. މިއީ ފާއިތުވި ދެމަސްތެރޭގައި ރާއްޖެއިން އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މީހަކު ނިޔާވިކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އޯގަސްޓް މަހުގެ ތެރޭގައެވެ.