
DSC_4930
ދެމަހަށްވުރެ ގިނަ ދުވަސް ފަހުން ރާއްޖެ އިން ކޮވިޑް ބަލީގައި މީހަކު ނިޔަވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފައިތުވި ހަފްތާގައި ރާއްޖެއިން ކޮވިޑް ބަލީގައި މީހަކު ވަނީ ނިޔާވެފައެވެ.
އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މީހަކު ނިޔާވިކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އޯގަސްޓް މަހުގެ ތެރޭގައެވެ.
ރާއްޖެއިން ކޮވިޑްޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 309 އަށް އަރާފައެވެ.
މިވަގުތު ކޮވިޑް ޖެހިފައިވާ 25 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން އެނގެއެވެ. މުޅި ރާއްޖެއިން މިހާތަނަށް 185،454 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.