logoEN
Sto top
ރަތަފަންދޫގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ރަތަފަންދޫގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

11/9/2022, 9:24:00 PM

# ގދ.ރަތަފަންދޫ

313344039_429842945986361_6587644050399986297_n

ގދ ރަތަފަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ޤާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

Wamco

މިއަދު އެރަށުގައި ބޭއްވި ހަފްލާއެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރަތަފަންދޫގެ ބައެއް މުވައްސަސާތަކުގެ އިސްވެރިންނެވެ. އެގޮތުން މިއަދު ވަނީ މ މަޝްރޫއުގެ ތެރެއިން ފުރަތަމަ ހޮޅި ވަޅުލާފައެވެ.

ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާއެއް ރަތަފަންދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖެހީ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ގދ ރަތަފަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެކުގައި އެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ މިދިޔަ އަހަރުގެ ފެެބްރުއަރީ މަހުގެ ތެރޭގައި އެވެ.

މި މަސައްކަތަށް ޖުމްލަ 9,649,508 ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside