
-
ގދ. ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު އެރަށުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައު މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އަދި މަޝްރޫޢުގެ ކޮންޓްެެރެކްޓަރ ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަތަފަންދޫ ބަނދަރުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތުގެ ދަށުން 221 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި ކަނޑިންމާ ބައްތި ހަރުކުރުމާއި 21 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 312.7 މީޓަރުގެ ޖެޓީއެއް ހެދުމާއި ވެލި އެއްވަރުކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.
ގދ. ރަތަފަންދޫ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރަތަފަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަތަފަންދޫގައި ކުޑަ އާބާދީއެއް އޮތް ނަމަވެސް އެ ރަށަށް ބޭނުންވާ ކަންކަމަކީވެސް މުހިންމު ކަންކަން ކަމަށާއި އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސަވައިދެއްވާނެ ކަމަށެވެ. އެ ގޮތުން ރަށުގެ ބަނދަރު ތަރައްގީ ކުރުމަކީ ރައްޔިތުން އެދޭ ކަމެއް ކަމަށާއި މިއަހަރު ކުރިއަށްގެންދާ ބަނދަރު މަޝްރޫޢުތަކުގެ ތެރެއިން ރަތަފަންދޫގެ ބަނދަރުވެސް ތަރައްގީ ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުންހުރި

ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 91 އިންސައްތަ ފުރިހަމަވެއްޖެ

ރަތަފަންދޫގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

.gif&w=3840&q=75)



