logoEN
WAMCO TOP 1
ރަތަފަންދޫ ބަނދަރު ފުންކުރުމާއި އެއްގަމު ތޮށީގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

ރަތަފަންދޫ ބަނދަރު ފުންކުރުމާއި އެއްގަމު ތޮށީގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

އަހުމަދު ޝުރާއު

logo

8/6/2026, 11:09:10 AM

# ގދ.ރަތަފަންދޫ

-

ގދ. ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 18 އިންސައްތަ ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން ހާމަކޮށްފިއެވެ.

THE TRAVELLER AD

މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހާމަކޮށް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތާއި އެއްގަމު ތޮށި ޖެހުމުގެ އަމަލީ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ރަތަފަންދޫގައި 905 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބޮޑު ބަނދަރެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 70 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 40 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން 280 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮށި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

View post on Twitter

ބަނދަރުގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ޖެހުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް އެޅުމުގެ އިތުރުން ކަނޑުއުޅަނދުފަހަރަށް ސަލާމަތްތެރިކަމާއެކު ބަނދަރަށް ވަދެނުކުމެ ހެދުމަށްޓަކައި 2 ނެވިގޭޝަން ލައިޓު ހަރުކުރުމުގެ މަސައްކަތްވެސް ހިމެނިގެންދާނެއެވެ.

ރަތަފަންދޫ ބަނދަރު ތަރައްޤީކުރުމުގެ މުޅި މަޝްރޫޢު ހަވާލުކޮށްގެން ކުރިއަށްގެންދަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢު ނިމިގެންދިއުމާއެކު ރަތަފަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC