logoEN
Sto top
ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 91 އިންސައްތަ ފުރިހަމަވެއްޖެ

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 91 އިންސައްތަ ފުރިހަމަވެއްޖެ

އަހުމަދު ޝުރާއު

logo

2/18/2025, 5:30:51 AM

# ގދ.ރަތަފަންދޫ

--

ގދ ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ހާމަކޮށްފި އެވެ.

Wamco

އެމްޓީސީސީން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ ގދ ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރު ތޮށި ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި، ރެވެޓްމަންޓް ޕްރޮފައިލްކުރުމުގެ މަސައްކަތުގެ %82 މަސައްކަތާއި، ގޮނޑުދޮށަށް ވެލި ފުރުމުގެ މަސައްކަތުގެ %87 މަސައްކަތް ވަނީ ނިމިފައިކަންވެސް ވަނީ ހާމަކޮށްފައި އެވެ.

މިއާއި އެކު ގދ ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ %91 މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައިކަން އެމްޓީސީސީން ހާމަކުރެއެވެ.

މި މަޝްރޫއުގެ ދަށުން ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 6000 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 27.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރަތަފަންދޫ އަކީ 1385 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ހުޅަނގު މޫސުމުގައި ރަށް ގިރުމާއި ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި އުދަ އެރުމުގެ މައްސަލައަކީ އެތައް އަހަރެއް ވެފައިވާ މައްސަލައެކެވެ. އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރަތަފަންދޫ އަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށްދިނުން ކަމުގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside