logoEN
cocacola
ރިޕްރޮޑަކްޝަން ދިރާސާއެއް ކުރުމަށް ޗައިނާއިން ޖައްވަށް މަކުނު ފޮނުވަނީ

ރިޕްރޮޑަކްޝަން ދިރާސާއެއް ކުރުމަށް ޗައިނާއިން ޖައްވަށް މަކުނު ފޮނުވަނީ

އައިޝަތު އިފާޝާ

logo

11/8/2022, 7:30:09 AM

# ޗައިނާ

monkey_0-sixteen_nine copy

ޗައިނާގެ ސްޕޭސް ސްޓޭޝަންގެ މަސައްކަތް ނިމިފައިވާއިރު، ސައިންސްވެރިން ދަނީ ޓިއަންގޮންގްގައި އެސްޓްރޮނޯޓުން އިސްނަގައިގެން ޒީރޯ ގްރެވިޓީގައި ލައިފް ސައިންސްގެ ދިރާސާތައް ކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ޖައްވަށް ރިޕްރޮޑަކްޝަން ޓެސްޓް ކުރުމަށް ޗައިނާއިން މިހާރު ވަނީ މަކުނުތަކެއް ފޮނުވަން ނިންމާފައެވެ.

ގޮސިޔާ

މި ދިރާސާ ކުރުމުގައި ޗައިނާގެ ޓިއަންގޮންގް ސްޕޭސް ސްޓޭޝަންގައި މައިކްރޯގްރެވިޓީގެ ދިރާސާތައް ކުރުމަށް ބޭނުންވާ ސައިންޓިފިކް އިކުއިޕްމަންޓްތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާނީ، ބެއިޖިންގައި ހުންނަ ޗައިނީސް އެކަޑަމީ އޮފް ސައިންސަސް އިންނެވެ. މި އެކްސްޕެރިމެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ކުރީކޮޅު ގާއިމުކުރި ސްޕޭސް ސްޓޭޝަންގެ ވެންޓިއަން މޮޑިއުލްގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މޮޑިއުލްގައި މިވަގުތު ހުރީ ކުޑަ ޖަނަވާރުތަކަށް އެކަށީގެންވާ ޖާގަ އެއް ނަމަވެސް، މި މޮޑިއުލް ފަރުމާކޮށްފައި ވަނީ ބޮޑެތި ދިރުންތަކަށް ފުޅާކޮށް ކޮންފިގަރ ކުރެވޭނެ ގޮތަށެވެ.

ޗައިނާއިން ދާދި ފަހުން ވަނީ ހަދަމުން އަންނަ ޖައްވީ ސްޓޭޝަންގެ ފައިނަލް މޮޑިއުލް ގާއިމުކޮށް، އެ ތަނުގެ ނިމުން ފާހަގަކޮށް، ދުނިޔޭގެ އޯބިޓުން ބޭރުގައި ދިގު މުއްދަތަކަށް ދާއިމީ ގޮތެއްގައި ހުރުމުގެ ގާބިލުކަން ހޯދާފައެވެ. ޓިއާންހޭ، ވެންޓިއަން އަދި މެންގްޓިއަން ލެބް މޮޑިއުލްތަކަކީ ޗައިނާގެ ސްޕޭސް ސްޓޭޝަންގެ އަސާސީ ޓީ ސައިޒުގެ އޮނިގަނޑެވެ.

ޗައިނާ މޭންޑް ސްޕޭސް އެޖެންސީ (ސީއެމްއެސްއޭ) އިން ވަނީ މެޑިކަލް ރިސާޗުން ފެށިގެން ޓެކްނިކަލް ސްޓަޑީޒްއާ ހަމައަށް ދުނިޔެއިން ބޭރުގައި 1،000 އަށް ވުރެ ގިނަ އެކްސްޕެރިމެންޓް ކުރުމަށް ހުއްދަ ދީފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސްވެރިންނަށް އައިއެސްއެސްއާ ދުރުގައި ހާއްސަ އޮޕްޝަނެއް ލިބޭ މި ސްޓޭޝަން މިހާރު އޮތީ ބިމުގެ 388.9 ކިލޯމީޓަރު މަތީގަ އެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ޓިއަންގޮންގްގައި ފެށުމަށް ސީއެންއެސްއޭ އިން ބައިނަލްއަގުވާމީ 9 ސައިންސް އެކްސްޕެރިމެންޓެއް ހޮވައިފި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ