
ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ޗައިނާ އާއި އެކު ސޮއިކޮށްފި
# ޗައިނާރާއްޖޭއަށް އަސްކަރީ އެހީތެރިކަށް ފޯރުކޮއްދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިިން
އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ޗައިނާ އާއި އެކު ދިވެހިރާއްޖެ އިން ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު އަޖޯންގު ބައުކުއާން އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމާއި ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށެވެ.
ދިވެހި ސަރުކާރުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަކީ ރައީސް ޑރ.މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން، ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ.މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރ.މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ, ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ނިޒާމް މި މަސް ތެރޭގައި ގާއިމް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.