logoEN
cocacola
ލަންކާއަށް ޗައިނާގެ އަސްކަރީ އެހީ!

ލަންކާއަށް ޗައިނާގެ އަސްކަރީ އެހީ!

އަހުމަދު ޝުރާއު

logo

3/15/2024, 4:48:00 PM

# ސްރީ ލަންކާ# ޗައިނާ

ޗައިނާއިން ލަންކާއަށް ހަދިޔާކުރި އަސްކަރީ އެހީތައް

ޗައިނާގެ މިލިޓަރީ ގްރާންޓް ސްކީމްގެ ދަށުން ސްރީލަންކާއަށް އިސްކަރީ އެހީތަކެއް ފޯރުކޮށްދީފި އެވެ.

ގޮސިޔާ

ލަންކާގެ ނޫސްތަކުން ބުނީ ހާއްސަ އެކްސްޕްލޯސިވް އޯޑަނަންސް ޑިސްޕޯސަލް އިކުއިޕްމަންޓްގެ ސްޓޮކެއް ސްރީލަންކާގެ އަސްކަރިއްޔާއަށް ޗައިނާއިން އިއްުޔެ ހަދިޔާކޮށްފައިވާ ކަމަށެވެ.

މިތަކެތި ލަންކާ އަސްކަރިއްޔާއާއި ހަވާލުކޮށްދިނީ ލަންކާގައި ހުންނަވާ ޗައިނާގެ ސަފީރު ހިޒް އެކްސެލެންސީ ކީ ޒެންހޮންގް އެވެ. ލަންކާ އަސްކަރިއްޔާގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލް ކަމާލް ގުނަރަތުނޭ އަދި އަސްކަރިއްޔާގެ މައި މަރުކަޒުގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ވިކުމް ލިޔާނާގެ އެވެ.

އިކުއިޕްމަންޓް ދިނުމާ ގުޅޭ ލިޔުންތަކުގައި ރަސްމީކޮށް ސޮއިކުރުން ކުރިއަށް ގެންގޮސްފައި ވަނީ ހިޒް އެކްސެލެންސީ ކީ ޒެންހޮންގް އާއި ޖެނެރަލް ކަމާލް ގުނަރަތުނޭއާ ދެމެދުގަ އެވެ.

އެހީގެ ގޮތުގައި ޗައިނާއިން ލަންކާ އަސްކަރިއްޔާއަށް ހަވާލުކުރީ 18 ރީއޯޑީ 4000 އެކްސްޕްލޯސިވް އޯޑަނަންސް ޑިސްޕޯސަލް މީޑިއަމް ރޮބޮޓާއި، 18 ރީއޯޑީ 400 އެކްސްޕްލޯސިވް އޯޑަނަންސް ޑިސްޕޯސަލް ރޮބޮޓާއި، 10 އެންޓި އެކްސްޕްލޯސިވް ބްލޭންކެޓާއި، 10 އެކްސްޕްލޯޝަން ޕްރޮޓެކްޝަން ޓޭންކް އެންޑް ވެހިކަލް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ