logoEN
ޕީއެންސީ 2
ޕީޕީއެމް އެތެރޭގެ އިންތިހާބުގައި ވައްކަމާއި އޮޅުވާލުން

ޕީޕީއެމް އެތެރޭގެ އިންތިހާބުގައި ވައްކަމާއި އޮޅުވާލުން

# ސިޔާސީ# ރިޕޯޓް# އިދިކޮޅު ޕީޕީއެމް/ޕީއެންސީ

og ppm

5 ނޮވެމްބަރ 2022 ވަނަ ދުވަހަކީ ރާއްޖޭގެ މައި އިދިކޮޅު ކޯލިޝަން ނުވަތަ ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ދާއިރާތަކުގެ ވެރިން ހޮވުމަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވި ދުވަހެވެ.

ޝަރީ 2024

އެދުވަސް ފެށީވެސް އެއްބަޔަކަށް ހިނިތުންވުމާއެކުގައެވެ. އެއީ މަކަރުވެރި ރޭވުންތައް ރާވައި މަގާމާއި ބާރާއި މީހުންގެ ނަން ބޭނުންކޮށްގެން އެދުވަހު އިންތިހާބު ކާމިޔާބު ކުރިމަށް ތައްޔާރުވެގެން ތިބީމީހުންނެވެ. ސިޔާސީ ޕާޓީއެއްގެ އިންތިހާބެއް ނަމަވެސް އެ އިންތިހާބެއް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދޭތޯ ބަލަން އެތައް ލޯތަކެއް ހުޅުވިފައިިވާ މި ޒަމާނުގައި ވޯޓުން ވައްކަން ކުރަނީވެސް އެންމެންނަށް ދައްކައިގެންކަމަށް އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ކެނޑިޑޭޓުން ހެކިވެއެވެ.

މިއީ ވޯޓު އަޅައި ނިމުމުން ވޯޓު ފޮށި މާލެ ގެންގޮސް ވޯޓު ގުނާ ޒަމާނެއްވެސް ނޫންތާއެވެ. މި އިންތިހާބުގައި ވިލިނގިލި، ކޮލަމާފުށި ދާއިރާގެ ރައީސަކު ހޮވުމަށް ހިނގާފައިވާ ކަންތައްތަކެއް ހިއްސާކޮށްލާނަމެވެ. ކެންޑިޑޭޓުންގެ މަންދޫބުން އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމާއި ވޯޓު ލި މީހުންގެ އަދަދާއި ޖުމްލަ ވޯޓުގެ އަދަދެއް ދިމާ ނުވާކަމުގެ އަޑުތައް ފެތުރިއްޖެ އެވެ. ރަޖިސްޓްރީ އަދަދަށް ވޯޓު ކަރުދާސް ނެތުން ފަދަ އެތައް ކަމެއް ހިނގައި ދިޔަކަމަށް ޕީޕީއެމްގެ މެމްބަރުން ތުހުމަތުކޮށްފައިވެއެވެ.

ވިލިނގިލި/ ކޮލަމާފުށި ދާއިރާގެ ރައީސަކު މިގޮތުން މާލޭގައި ބެހެއްޓިފައިވާ ވޯޓް ފޮށްޓަށް ވިލިނގިލީގެ 160 މީހުނާއި ކޮލަމާފުށީގެ 134 މީހުން ވޯޓްލާފައިވެއެވެ. އަދި މިފޮށީގައި އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރީ ކެނޑިޑޭޓު ނަންބަރ 3 ގެ މަންދޫބު އަދި އާއިލާގެ މެމްބަރެއް ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ. އެފޮށީގެ ކަރުދާސް ގުނާ ނިމުނު އިރު ޖުމްލަ 4 ކެނޑިޑޭޓުންގެ ވޯޓުގެ އަދަދަކީ 200 ވޯޓެވެ. އެހެންކަމުން ވޯޓް އެޅި ޖުމްލަ މީހުންގެ އަދަދު ކަމަށް އޮފިޝަލް ދީފައިވާ ޖުމްލަ އަދަދު ކަމަށްވާ 294 މީހުންގެ ވޯޓުގެ ތެރެއިން ވޯޓް އެޅި 200 މީހުން ކަނޑާ ބާކީ ވޯޓް ފޮށީގައި ހުންނަން ޖެހޭ 94 ވޯޓް ވީނުވީއެއް ނޭނގި ގެއްލުނީއެވެ.

މިމައްސަލަ ޖެއްސުމުން މާލޭގައި ވޯޓް ފޮށި ކައިރީގައި ތިބި އޮފިޝަލުން ވޯޓް ގުނާ ނިންމުމަށްފަހު ބާކީ ހުރި ކަރުދާސްތައްވެސް ކެނޑިޑޭޓުންގެ މަންދޫބުންނަށް ނުދައްކާ ވޯޓް ކަރުދާސްތައް ޕެކްކޮށް ކަރުދާސްތައް ގެންގޮސްފައިވާކަމުގެ ޝަކުވާކޮށްފައިވެއެވެ.

ވިލިނގިލީ ގައި ވޯޓް ގުނަމުން ދިޔަ އިރު ބާޠިލް ނުވާ ވޯޓް ބާޠިލް ކަމަށް ނިންމިކަމުގެ ޝަކުވާ ކެނޑިޑޭޓުންގެ މަންދޫބުން ފޮށީގެ ވެރިޔާގެ ސަމާލުކަމަށް ގެނައުމުން ވަގުތީ ނަތީޖާ އިއުލާން ކުރި އިރުވެސް އެކަން ސާފުކޮށްދީފައި ނުވާކަމަށްވެސް ޕީޕީއެމްގައި އިސްކޮށް ހަތަކާތްތެރިވާ އޮފިޝަލަކު ވަނީ ތުހުމަތުކޮށްފައެވެ.

މި އިންތިހާބުގައި ޕީއެންސީގެ ސެނެޓް މެމްބަރަކު ރައީސް ޔާމީން ގެ ނަން ބޭނުންކޮށްގެން ވަކި މީހަކަށް ވޯޓު އެޅުމަށް ނުފޫޒު ފޯރުވާފައިވާ ކަމަށް މި އިންތިހާބުގައި ވާދަކުރެއްވި ބައެއްް ކެނޑިޑޭޓުން ވަނީ ތުހުމަތު ކޮށްފައެވެ. އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ވޯޓުދޭން އިދިކޮޅު ޕާޓީގެ ޓީވީ ޗެނަލް، ޗެނަލް 13 އިން ކެމްޕޭން ކޮށްގެން ވެސް މައްސަލަ ހޫނުވުމުން އެކަން ނިންމާލީ ބަޔާނެއް ނެރެ އެކަން ކުށްވެރިކޮށްފައެވެ. ނަމަވެސް އެއީ ދައްކާލުމެއްކަން އިންތިހާބު ނިމުމުން ކަށަވެރުވެފައިވާކަމަށް އެޕާޓީއަށް ވަފާތެރި އެތައްބަޔަކު ދަނީ ބުނަމުންނެވެ. ދާއިމީ ނަތީޖާ އިއުލާނު ނުކުރަނީސް ވިލިނިގިލީގައި ހުރި ވޯޓު ފޮށި ނައްތައި ހަލާކު ކޮށް ވޯޓު ގެއްލުނުވާހަކައެއްވެސް މިހާރު ފެންމަތިވެއްޖެ އެވެ.

އިންތިހާބު ކާމިޔާބުވުމުން މިވާހަކަ ދައްކާކަށްވެސް ބޭނުމެއް ނުވާނެއެވެ. ކާމިޔާބު ވި ކެނޑިޑޭޓް ނާކާމިޔާބުވި ނަމަ މިކަންވެސް އެންމެ އިސް ސަފުގައި ހުރެމެ ބަލާނެއެވެ. ކޮންމެއަކަސް ނާކާމިޔާބުވި ކެންޑިޑޭޓުން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

މި އިންތިޚާބުގައި ވަކި ކެނޑިޑޭޓަކަށް ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން ކެމްޕޭން ކޮށް، އިންތިޚާބުގައި ވޯޓް ކަރުދާސް ދޫކުރި އަދަދާއި ވޯޓް އެޅި ކަމަށް ބުނާ މީހުންގެ އަދަދާއި ދިމާ ނުވުމަކީ ވޯޓުން ވައްކަން ކޮށް ނުފޫޒު ފޯރުވައި ނަތީޖާ ބަދަލުކޮށްފައިވާކަމުގެ ހެކިތަކެއް ކަމަށް ޕާޓީގެ އިސް މެމްބަރުން ވަނީ ތުހުމަތުކޮށްފައެވެ. އަދި ނިމުނީއެއް ނޫނެވެ. ވޯޓް ގުނާނިމިގެން ބާކީ ހުރި ވޯޓު ކަރުދާހުގެ އަދަދު ދެއްކިފައެއް ނުވުމާއި ވޯޓު އަޅަން ފެށްޓިއިރު ފޮށީގެ އޮފިޝަލުން ހަމަނުވެގެން ވޯޓް ލާން އައިމީހުންގެ ތެރެއިން މީހުން ހޮވައި އޮޅުވާލާފައިވާކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ. ދައީމީ ނަތީޖާ އިއުލާނު ނުކުރަނީސް ޕާޓީގެ ހަރުގެ ފަޅާލައިގެން ވިލިނގިލި ވޯޓުފޮށި ހަލާކުކޮށް ވޯޓްތައް ނައްތާލާފައިވާ ކަމުގެ އަޑުތައްވެސް މިހާރު މިވަނީ ފެތުރިފައެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ނުކުރަނީސް ބައެއް ދާއިރާތަކުގެ ވޯޓު ކަރުދާސްތައް ނައްތާލާފައިވާ ކަމުގެ ޝަކުވާތައްވެސް ފެންމަތިވެއްޖެ އެވެ.

މިއީ އަދި އެންމެ ދާއިރާއެއްގެ އެންމެ މަގާމެއްގެ ވާހަކައެވެ. މިކަހަލަ އެއްތައް އޮޅުވާލުމެއް ހުރިކަމުގެ ޝަކުވާތައް ވަނީ ތިލަވެފައެވެ. ތިނަދޫ ދެކުނު ދާއިރާވެސް މިހާލެވެ. ވޯޓް ކަރުދާސް ޕްރިންޓުކޮށް، އިންތިހާބީ ކޮމެޓީގެ މެމްބަރެއް ވޯޓުލިދުވަހު މެންދުރު އެރަށަށްގޮސް ވަކި ކެނޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތްކޮށްފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ނަކަލު ވޯޓުކަރުދާސް ޕްރިންޓުކޮށް ގާތް މީހުން ލައްވައި އެކަކަށް 3 ވޯޓުކަރުދާސް ފޮށްޓަށް ލާފައިވާކަމުގެ ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ. ޕްރިންޓްކުރާތަނަކުން ވޯޓު ކަރުދާސް ޕްރިންޓުކޮށްފައިވާކަމަށް އިންތިހާބީ ކޮމެޓީގެ މެމްބަރަކު އެއްބަސްވެފައިވާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

ވައްކަން ކުރުމުންވެސް ޕާޓީއަށްޓަކައި އެވަހާކަ ނުދައްކާ މީހުން ގިނަވީމަ އެހެންވުމަކީވެސް އެކަށީގެންވާކަމެއް ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ފާހަގަކުރެއެވެ. ވައްކަމުގެ ވާހަކަދައްކައި، އިންތިހާބުތަކުން ވައްކަން ނުކުރުމަށް ގޮވާލަމުން އަމިއްލައަށް ބޭއްވި އިންތިހާބުގައި މިފަދަ އޮޅުވާލުންތަކާއި މަކަރުވެރި ހީލަތް ހެދުމަކީ މި ޕާޓީއަށް ވަފާތެރި މީހުން އެދޭގޮތް ބާވައޭ ހިތައް އަރައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ