
FgyPiXnacAABTEU
އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ އެތެރޭގެ އިންތިހާބު މިއަދު ފަށައިފި އެވެ.

މިއަދު ހެނދުނު 10:00 އިން ފެށިގެން 4:00 އާ ހަމައަށް ވޯޓުލުން ކުުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އިދާރީ 87 ދާއިރާއަށް ރައީސުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންތިހާބުގައި ވޯޓުލުމަށް ފުރުސަތުދެވޭނީ، ވޯޓާސް ލިސްޓުގައި ނަން އޮންނަ ފަރާތްތަކަށެވެ. އައިޑީކާޑު މުއްދަތުހަމަވެފައި އޮތަސް ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފައެވެ.
މި އިންތިހާބުގައި، މާލޭގެ ދާއިރާތަކަށް ވޯޓުލުމާއި، އެކި ދާއިރާގެ މީހުން މާލޭގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ހެންވޭރު ދަނޑުގައެވެ. ވިލިމާލޭ ވޯޓު ފޮށި، ވިލިމާލެ ޔޫތު ސެންޓަރުގައި އަދި ހުޅުމާލޭ ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނި ހުޅުމާލެ ސިންތެޓިކް ޓްރެކުގެ ވީއައިޕީ ހޯލުގައެވެ. އެހެން ރަށްތަކުގައި ވޯޓުލުން ހަމަޖެހިފައިވަނީ އެރަށެއްގެ ސްޓިއަރިންގ ކޮމެޓީން ކަނޑައަޅާފައިވާ ތަނެއްގައެވެ.