
yameen
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ނ. ކެނދިކުޅުދޫ އާއި މިލަދޫ އާއި މަނަދޫ އާއި ހޮޅުދޫ އަދި މަގޫދުއަށް ވަޑައިގަންނަވާނެއެެވެ. އެގޮތުން މި ދަތތުރުފުޅު އެމަނިކުފާނު ފައްޓަވާނީ މިމަހު 25 ވާ އަންގާރަ ދުވަހުއެވެ.
ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ސިލްސިލާ ދަތުރުތަކެއް ކުރައްވަމުންނެވެ. މިގޮތުން ނިމިދިޔަ ހަފްތާގައި ވަނީ ހއ. އަތޮޅުގެ އިހަވަންދޫ، ދިއްދޫ، ކެލާ، ބާރަށް އަދި ވަށަފަރަށް ވަޑައިގެންފައެވެ.
އަންނަ މަހުގެ ކުރީކޮޅު އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށްވެސް ހަމަޖެހިފައި ވާކަމަށް މައުލޫމާތުލިބެއެެވެ.
2023 ވަނަ އަހަރުގެ ރިޔާސީ ރޭހަށް ޕީޕީއެމް އިން ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީން ކަނޑައަޅުއްވާފައިވަނީ ރައީސް ޔާމީނެވެ.