
އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޕެންޝަން ފަންޑުން އިންވެސްޓުކުރުމުގެ މަސައްކަތް ފުޅާކުރުމަށް - ސުޖާތާ
# ޕެންޝަން އޮފީސްCorp-Feature-Photo-29
އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޕެންޝަން ފަންޑުން އިންވެސްޓް ކުރުމުގެ މަސައްކަތް ފުޅާކޮށް، އޮފީހުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކަމަށްް، ޕެންޝަން އޮފީހުގެ އާ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ ފަހަރަށް މުވައްޒަފުންނާ ބައްދަލުކުރައްވާ ސުޖާތާ ވިދާޅުވީ، މަސައްކަތް ބައްޓަންކުރައްވާނީ ފަންޑުގެ ބައިވެރިންގެ މަސްލަހަތާއި، ގަވަރނަންސް، ޓެކްނޮލޮޖީ، ތިމާވެށި އަދި އިނޮވޭޝަންއަށް އިސްކަންްދެއްްވައިގެން ކަމަށެވެ.
އޭގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއްދެއްްވާނީ ޕެންްޝަން ފަންޑުން އިންވެސްޓްކުރުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، އޮފީހުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ސުޖާތާ ވިދާާޅުވިއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ އައްޔަންކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަށެވެ. ސުޖާތާ ހަލީމަކީ އެ އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމު ވޭތުވެދިޔަ ދެ އަހަރު އަދާކުރެއްވި ބޭފުޅެކެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުގެ ޗީފް އޮފްރޭޓިން އޮފިސާ (ސީއޯއޯ)ގެ މަގާމުގެ ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ. ރާއްޖޭގައި ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އެންމެ ކުރީގައި މެދުނުކެނޑި 16 އަހަރު ވަންދެން ސުޖާތާ ވަނީ ހިދުމަތް ކުރައްވާފައެވެ.





