logoEN
WAMCO TOP 1
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލުން ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލުން ހުޅުވާލައިފި

# ޕެންޝަނާ ބެހޭ ޤާނޫނު# ޕެންޝަން އޮފީސް

ޕެންޝަން އޮފީސް- ފޮޓޯ: ޕީއެސްއެމް

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

THE TRAVELLER AD

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް މިދިޔަ އޭޕްރީލް މަހު ހުޅުވާލާފަވަނިކޮށް، މިދިޔަ މަހު ތަސްދީގުކުރި ޕެންޝަނާ ބެހޭ ގާނޫނުގެ 6 ވަނަ އިސްލާހާއި ގުޅިގެން އެ މަގާމަށް އަލުން ކުރިމަތިލާން މިވަނީ ހުޅުވާލާފަ އެވެ.

ޕެންޝަން އޮފީހުން ބުނީ އަލަށް އައްޔަންކުރާ ސީއީއޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ކަމަށެވެ. އަދި މިއީ އެ މުއައްސަސާއަށް އަންނަ މުހިންމު ބަދަލުތަކާއެކު އޮފީހުގެ ހިންގުން ހަރުދަނާ ކޮށް، ގާނޫނީ ބަދަލުތައް ތަންފީޒުކޮށް އަދި މުއައްސަސާގެ އިދާރީ ހިންގުމުގެ ޒިންމާތައް އުފުލުމުގައި އިސްކަންދޭ ކަމެއްކަމަށް ޕެންޝަން އޮފީހުން ފާހަގަކުރި އެވެ.

5 އަހަރު ދުވަހުގެ މުއްދަތައް ނަގާ ސީއީއޯ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އެ ޕެންޝަން ނުލިބޭ ގޮތް ހެދުމަށް ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މަހުގަ އެވެ. އަދި މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ.

ބިލްގައިވަނީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާ އަށްވުރެ ބޮޑު އަދަދެއް އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭނަމަ އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށް ކަނޑައަޅާފަ އެވެ. އަދި ގެދޮރު އިމާރާތް ކުރުމާއި ގެދޮރު މަރާމާތު ކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެކަން ކަނޑައެޅުމުގެ ގޮތުންނެވެ. އަދި ޓާމިނަލް އިލްނަސްގެ ހާލަތުގައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެ ކަމަށް ކަނޑައަޅައި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނުގައި ހިމެނުމަކީވެސް މި ބިލު ހުށަހެޅުއްވި ސަބަބެކެވެ.

މީގެ އިތުރުން ހައްޖުވުމަށްޓަކައި ކުރިއާލައި ޖާގަ ރިޒާވް ކުރުމަށްޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެކަންވެސް މި އިސްލާހުގެ ދަށުން ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި މީގެއިތުރުންވެސް ބައިވަރު މުހިންމު ސަބަބުތައް ބިލްގައި ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް
ފަހުގެ
HDC