
އިސްރަށްވެހިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ޕެންޝަން އޮފީހާއި އެކު އެއްބަސްވުމެއް!
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ# ޕެންޝަން އޮފީސް--
އިސްރަށްވެހިންގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ މިނިސްޓްރީއާއެކު ޕެންޝަން އޮފީހުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް އެގްޒެކެޓިވް އޮފިސަރ، ސުޖާތާ ޙަލީމްއެވެ. އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ، އިބްރާހީމް އިސްމާޢީލް ޢަލީއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިން މި އެއްބަސްވުމާއި ބެހޭ ގޮތުން ވިދާޅުވީ މިއީ ދައުލަތުގެ އެކި އިދާރާތަކުން އިސްރަށްވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، ޕެންޝަން އޮފީހުން ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އިސްރަށްވެހިންގެ ރަޖިސްޓްރީ ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ޕެންޝަން އޮފީހުން މިނިސްޓްރީއަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލުން ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތަކަށް އާރްޑީސީއިން ވަޒީފާގެ ފުރުސަތު ފަހިކޮށްދީފި

'ޖެންޑަރ އީކުއަލިޓީ ސީލް' އަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި




