logoEN
Sto top
ޓުވިޓާގެ ބޯޑު އެއްކޮށް ވަކިކޮށް ހަމައެކަނި ޑިރެކްޓަރަކަށް އީލޮން މަސްކް

ޓުވިޓާގެ ބޯޑު އެއްކޮށް ވަކިކޮށް ހަމައެކަނި ޑިރެކްޓަރަކަށް އީލޮން މަސްކް

އައިޝަތު އިފާޝާ

logo

10/31/2022, 9:45:27 PM

# ޓްވިޓާ# އިލޮން މަސްކް

_126977379_gettyimages-1395371348

ޓްވިޓާގެ އާ "ޗީފް ޓްވިޓް" އެލޮން މަސްކް ވަނީ އެކުންފުނީގެ ބޯޑުގެ ހުރިހާ މެމްބަރުން ވަކިކޮށްފިއެވެ.

Wamco

ޓްވިޓާގެ އާ ވެރިޔާގެ މި ނިންމުމާ ގުޅިގެން ޓްވިޓާގެ ބޯޑުގައި ކުރިން ތިއްބެވި ހުރިހާ ބޭފުޅުންނަކީ މިހާރު ޑިރެކްޓަރުންނެއް ނޫނެވެ.

މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް ސްޓޮކް ގްރާންޓް ދެއްކުމަށް މަސްކް ބޭނުން ނުވާ ކަމަށާއި، ކަމަށާއި އެހެންކަމުން ނޮވެމްބަރު އެކަކަށް ސުންގަޑިއެއް ކަނޑައަޅާފައިވާ ކަމަށެވެ.

44 ބިލިއަން ޑޮލަރަށް ކުންފުނި ގަތުމަށް ފަހު މަސްކް ވަނީ ސީއީއޯ ޕަރަގް އަގަރްވާލް އާއި ސީއެފްއޯ ނެޑް ސޭގަލް އަދި ޕޮލިސީ ޗީފް ވިޖަޔާ ގައްޑޭ ފަދަ އިސް ވެރިން ވަގުތުން މަގާމުން ވަކިކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އީލޮން މަސްކް ޓުވިޓާގެ 75 އިންސައްތަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފާނެ ކަމަށެވެ.

ޓްވިޓާގެ މުވައްޒަފުންގެ އެތެރޭގެ ލިޔުންތަކާއި ސީދާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިއުޔޯކް ޓައިމްސް، ވޮޝިންޓަން ޕޯސްޓް އަދި ދަ ވާޖް ފަދަ ޕަބްލިކޭޝަންތަކުން މި ކަމާ ގުޅޭ ގޮތުން ރިޕޯޓްކޮށްފައިވާތީ، އެވާހަކަތައް އީލޮން މަސްްކް ވަނީ ދޮގުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside