
221103211105-mastodon-app-110322
އީލޮން މަސްކް ޓުވިޓާ ގަތުމާއި ގުޅިގެން ޓުވިޓާ ބޭނުންކުރާ ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކަށް ބަދަލުވަމުންނެވެ. އެގޮތުން ކުރިން ޓުވިޓާ ބޭނުންކުރި ގިނަ ބައެއްގެ މެދުގައި މިހާރު އެންމެ މަގުބޫލު ސޯޝަލްމީޑިއާ ޕްލެޓްފޯމަކަށް ވެފައިވަނީ "މަސްޓޮޑޮން" ކިޔާ ޕްލެޓްފޯމެކެވެ.

މަސްޓޮޑޮން އިން ބުނާ ގޮތުގައި، މިހާރު އެ ޕްލެޓްފޯމް 655،000 އަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާއިރު، މިދިޔަ ހަފްތާގައި އެކަނިވެސް 230،000 މީހުން އެ ޕްލެޓްފޯމާއި ގުޅިފައިވާ ކަމަށެވެ.
މި ޕްލެޓްފޯމަކީ ހަ އަހަރު ވީ ޕްލެޓްފޯމެއް ނަމަވެސް ކުއްލިއަކަށް އެ ޕްލެޓްފޯމަށް ލިބެން ފެށި ތަރުޚީބުގެ ސަބަބުން ދިމާވާ ދަތިތައްް ހައްލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށްް މަސްޓްޑޮން އިން ބުނެއެވެ.
މަސްޓޮޑޮން އަކީވެސް ޓުވިޓާއާ ދާދި އެއްގޮތެއް ހުންނަ ޕްލެޓްފޯމެކެވެ. އެކައުންޓުތައް ބޭނުންކުރާ މީހުން ކުރާ ޕޯސްޓްތަކަށް މި ޕްލެޓްފޯމުގައި ކިޔައި އުޅެނީ "ޓޫޓްސް" އެވެ. ޕޯސްޓްތަށް ކޮށް، ރިޕްލައި ކުރުމާއި ލައިކްކުރުން އަދި ރީޕޯސްޓްކޮށް އެކަކު އަނެކަކަށް ފޮލޯ ކުރެވޭނެ ގޮތަށް މި ޕްލެޓްފޯމްގައި ހުރެއެވެ.
މިއީ މި ޕްލެޓްފޯމަށް އަލަށް ވަންނަން ގިނަ ބަޔަކު ޝައުޤުވެރިވާނެ ކަމެެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.