logoEN
Sto top
ޔޫކްރޭނަށް ސްޓަރލިންކްގެ އިންޓަނެޓް ފޯރުކޮށްދޭން ފަށައިފި

ޔޫކްރޭނަށް ސްޓަރލިންކްގެ އިންޓަނެޓް ފޯރުކޮށްދޭން ފަށައިފި

އަލްފާ އަލީ

logo

2/27/2022, 6:01:54 AM

# ސްޓާލިންކް# ރަޝިއާ - ޔޫކްރޭން# އިލޮން މަސްކް

A958F5E7-0AD8-46F5-9199-C1B635B51873

ރަޝިއާއިން ޔޫކްރޭނަށް ދެމުމް ގެންދާ ހަމަލާތަކުގެ ސަބަބުން ޔޫކްރޭނުން އިންޓަނެޓުގެ ޚިދުމަތް ކެނޑިފައިވާތީވެ ސްޓާލިންކުން އެގައުމަށް އިންޓަނެޓް ފޯރުކޮށްދޭން ފަށައިފި އެވެ.

Wamco

މަޝްހޫރު މަހުޖަނު، އިލޮން މަސްކްގެ ސްޓާލިންކް އިން ޔޫކްރޭނަށް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަން އިއުލާން ކުރެއްވީ ޚުދު އިލޮން މަސްކް އެވެ. އޭނާ އެކަން އިއުލާން ކުރެއްވީ ޔޫކްރޭންގެ ރައީސް ކުރެއްވި ޓްވީޓެއް ރިޓްވީޓް ކުރައްވަމުންނެވެ.

ޔޫކްރޭނުގެ ރައީސް ކުރެއްވި ޓްވީޓިގައި އިލޮން މަސްކް ޓެގް ކުރައްވައި ވިދާޅުވީ ސްޓާލިންކްގެ އިންޓަނެޓު އެގައުމަށް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ދަންނަވާ ކަމަށެވެ.

ތިބޭފުޅާ މާސް ގައި އިންސާނުން ދިރިއުޅެން މަސައްކަތް ފައްޓަވާފައިވާއިރު ރަޝިއާއިން އެދަނީ ޔޫކްރޭން ހިފުމަށް މަސައްކް ކުރަމުން. ތިބޭފުޅާގެ ރޮކެޓުތައް ޖައްވުން އެނބުރި އައިސް ފުރިހަމައަށް ލޭންޑު ކުރާއިރު، ރަޝިއާގެ ރޮކެޓުތަކުން ޔޫކްރޭނަށް ދެމުން ގެންދަނީ ހަމަލާ. - ޒެލެންސްކީގެ ޓްވީޓު

އެ ޓްވީޓު ރިޓްވީޓް ކުރައްވަމުން އިލޮން މަސްކް ވިދާޅުވީ ސްޓާލިންކްގެ ޚިދުމަތްތައް މިހާރު ޔޫކްރޭނަށް ދޫކޮށްފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside