
އީލޮން މަސްކްގެ މަންމަ އޭނަ ކައިރިއަށް ޒިޔާރަތް ކުރާއިރު ނިދަނީ ގަރާޖުގައި، ސަބަބު މިއޮތީ!
# އިލޮން މަސްކް000_329D4Z3_1200x768 copy
ބިލިއަނަރު އީލޮން މަސްކްގެ މަންމަ، މޭއީ މަސްކް، އޭނާގެ ދަރިފުޅަށް ޒިޔާރަތް ކުރާއިރު ރަނގަޅު ނިދާ ކޮޓަރިއެއްގެ އަރާމު ކަން ނަގާލައި، ގަރާޖުގައި ނިދާ ކަމަށް ބުނެފި އެވެ.

ޓައިމްސް މެގެޒިން އަށް ދިން އިންޓަވިއުއެއްގައި އުމުރުން 71 އަހަރުގެ މޭއީ މަސްކް ބުނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމުގައި ވީ ނަމަވެސް އީލޮން މަސްކްގެ ގެއަކީ، އެހާ ލަގްޒަރީ ގެއެއް ނޫން ކަމަށެވެ.
އެހެންވެ އެ ކުންފުނީގެ ޓެކްސަސްހެޑްކުއާޓާސް އާއި ސްޓާބޭސް ލޯންޗް ސައިޓް ހުންނަ ތަން ކަމަށްވާ ބޮކާ ޗިކާގައި ހުންނަ ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް ދިރިއުޅޭ ގެޔަށް އޭނާ ޒިޔާރަތްކުރާ ކޮންމެ ފަހަރަކު، ގަރާޖުގައި ރޭ ހޭދަކުރުން ނޫން ގޮތެއް އޭނާއަކަށް ނެތް ކަމަށް މޭއީ ބުނެއެވެ.
އެގޮތަށް ނިދުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ފަހަތުގައި ވާ ސަބަބަކީ ކޮބައިތޯ އެ މެގެޒިން އިން އީލޮން މަސްކްގެ މަންމައާއި ސުވާލު ކުރުމުން ބުނީ، "ރޮކެޓް އުދުއްސާ ސައިޓެއްގެ ކައިރީގައި ބޮޑު ގެއެއް ނުބެހެއްޓޭނެ" ކަމަށެވެ.
މީގެ ދެ ހަފުތާ އެއްހާ ދުވަސް ކުރިން އީލޮން މަސްކް ބުނެފައިވަނީ އޭނާ ދިރިއުޅެނީ 45،000 ޑޮލަރުގެ އަގުހުރި ބޮކާ ޗިކާގެ "ވަރަށް ކުޑަ" ގެއެއްގައި ކަމަށެވެ.