
221029231534-01-somalia-attack-102922
ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީ ކައިރީގައި ހޮނިހިރު ދުވަހު ދެ ކާރެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް ގޮސްްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި ހަމަލާގައި އިތުރު 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ސޯމާލިއާގެ ރައީސް ހަސަން ޝެއިހް މުހައްމަދު އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓްގައި އާންމުކޮށްފައިވާ ވީޑިއޯ ސްޓޭޓްމަންޓެއްގައި ވިދާޅުވެފައިވެ އެވެ.
މި ހާދިސާގެ ޒިންމާ އުފުލަން ޖެހޭނީ ސޯމާލިއާގައި ހަރަކާތްތެރިވާ އަލް ޝަބާބް ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވެސް އެގައުމުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.
މި ހަމަލާގެ ޒިންމާ އަދި އުފުލާފައި ނުވި ނަމަވެސް ދާދި ފަހުން ދިން އެހެން ހަމަލާތަކުގެ ޒިންމާ އަލް ޝަބާބުން ވަނި އުފުލާފައެވެ.
ޒޯބެ ޖަންކްޝަނަކީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި 500 އަށް ވުރެ ގިނަ މީހުން މަރުވެ، 300 އެއްހާ މީހުން ޒަޚަމްވި ތަނެވެ.
ގުޅުންހުރި

ސޯމާލިޔާ، ފީޖީ، ކޮސޯވާ އަދި ސްލޮވޭނިއާގެ އައު ސަފީރުން، ރައީސް އަށް ފަތްކޮޅު އަރުވައިފި

ސޯމާލިއާގެ ބީޗެއްގައި ދިން ނިރުބަވެރި ހަމަލާއެއްގައި 32 މަރު!

ސޯމާލިޔާގެ ވެރިރަށުގައި ދިން ޓެެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި




