
ސޯމާލިޔާގެ ވެރިރަށުގައި ދިން ޓެެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
# ފޮރިން މިނިސްޓްރީ# ދިވެހި ސަރުކާރު# ސޯމާލިއާފޮރިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތް ---
ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ އަސްކަރީ މަރުކަޒަކަށް ދިން ޓެރެރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މި ޓެރެރިސްޓް ހަމަލާގައި ބަހްރައިން، ޔޫއޭއީ އަދި ސޯމާލިޔާ ސިފައިންތަކެއްް ވަނީ މަރުވެފައެވެ.
އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަޤްވާމީ ގާނޫންތަކާއި ހިލާފަށް ދޭ މިފަދަ ޓެެރަރިސްޓް ހަމަލާތަކަކީ އޭގެ ސަބަބުން ސަރަހައްދުގެ ސަލާމަތާއި ހަމެޖެހުމަށް އޮތް ނުރައްކަލެއްގެ އިތުރުން، ބައިނަލްއަޤްވަމީ ގޮތުން ބަލާއިރުވެސް ނުރައްކާގެ ހިރާސް ބޮޑުވާނެ އަމަލުތަކެއްކަމަށެވެ.
އެހެންކަމުން ޓެރަރިޒަމްގެ ހުރިހާ ބާވަތެއްގެ އަމަލުތަކާއި ދެކޮޅަށް ރާއްޖެއިން އަބަދުވެސް ތެދުވާނެކަމަށާއި، އަދި ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތުގައި ރާއްޖޭގެ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.
ދިވެހި ސަރުކާރުން ވަނީ މޮގަދިޝޫގައި ދިން ޓެރެރިސްޓް ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ.
ގުޅުންހުރި

ސޯމާލިޔާ، ފީޖީ، ކޮސޯވާ އަދި ސްލޮވޭނިއާގެ އައު ސަފީރުން، ރައީސް އަށް ފަތްކޮޅު އަރުވައިފި

އިންޑިއާގެ ހިލޭ އެހީގެ ދަށުން 42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އެއްބަސްވުމެއް!

އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހަދަންޖެހޭ - ރާއްޖެ




