
--
ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގެ މަޝްހޫރު ގޮނޑުދޮށެއްގައި ދިން ބޮމުގެ ހަމަލާއެއްގައި 32 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހުކުރު ދުވަހުގެ ރޭ ލިޑޯ ބީޗަށް ދިން ހަމަލާގެ ޒިންމާ އަލްގައިދާއާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބުން ވަނީ ގުޅިފައިވާ ރޭޑިއޯ ސްޓޭޝަނެއް މެދުވެރިކޮށް އުފުލާފަ އެވެ.
މި ހަމަލާ ފެށުނީ ބީޗް ވިއު ހޮޓެލްގެ ދޮރުމަތީގައި ބޮން ގޮއްވާލުމަށްފަހު ނިރުބަވެރިން ހޮޓެލް ތެރެއިން ބީޗަށް ނުކުތުމަށްފަހުގައި އެވެ. އެގޮތުން ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
"މި ހަމަލާގައި އާންމުންގެ 32 އަށް ވުރެ ގިނަ މީހުން މަރުވެ، 63 ވަރަކަށް މީހުން ޒަހަމްވި، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް،" ފުލުހުންގެ ތަރުޖަމާނު އަބްދީފާތާ އާދަން ހަސަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދުގައި ހަމަލާދިން އެންމެން މަރާލައި، ގިނަ އަދަދެއްގެ ގޮވާތަކެތި ހުރި ކާރެއް ދުއްވަން އިން އިތުރު މީހަކު ހިފަހައްޓައިފަ އެވެ. އަދި ސިފައިންގެ އެކަކު މަރުވެ، އިތުރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅުންހުރި

ސޯމާލިޔާ، ފީޖީ، ކޮސޯވާ އަދި ސްލޮވޭނިއާގެ އައު ސަފީރުން، ރައީސް އަށް ފަތްކޮޅު އަރުވައިފި

ސޯމާލިއާގެ ބީޗެއްގައި ދިން ނިރުބަވެރި ހަމަލާއެއްގައި 32 މަރު!

ސޯމާލިޔާގެ ވެރިރަށުގައި ދިން ޓެެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި




