logoEN
cocacola
އިރާގުގައި ޓޭންކަރެއް ގޮވައި ގިނަ ބަޔަކު މަރުވެއްޖެ

އިރާގުގައި ޓޭންކަރެއް ގޮވައި ގިނަ ބަޔަކު މަރުވެއްޖެ

އައިޝަތު އިފާޝާ

logo

10/30/2022, 9:14:59 AM

# އިރާގު

1244330536

އިރާގުގެ ވެރިރަށް ބަޣުދާދުގައި ގޭސް ޓޭންކަރެއް ގޮވައި ހިނގި ހާދިސާއެއްގައި 9 މީހަކު މަރުވެ 13 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްްފިއެވެ.

ގޮސިޔާ

މިހާދިސާ ހިނގާފައިވަނީ ބަޣުދާދުގެ އިރުމަތީ ސަރަހައްދެއްގައި ހުންނަ ފުޓުބޯޅަ ދަނޑެއްގެ ކައިރީގައި ހުރި ޕާކިންގ ޒޯނެއްގެ ކައިރީގައި ކަމަށްް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ގޮވުމުގެ އަޑު ބަޣުދާދުގެ ގިނަ ސަރަހައްދެއްގައި ދިރިއުޅޭ މީހުންނަށް އިވިފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ގޮވުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކުގެ ބިއްލޫރިތައް ފުނޑުފުނޑުވެ، އެސަރަހައްދުގައި ޕާކުކޮށްފައި ތިބި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިރާގުގެ ރައީސް އަބްދުލް ލަތީފް ރަޝީދު ވަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިކަމުގައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

2021 ވަނަ އަހަރުގެ އޭޕްރީލް މަހު ބަޣުދާދުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 80 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ އޮކްސިޖަން ފުޅިތަކެއް ގޮވުމުގެ ސަބަބުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ