logoEN
cocacola
ތުރުކީވިލާތުގެ އަސްކަރީ ހެލިކޮޕްޓަރެއް އިރާގަށް ވެއްޓިއްޖެ

ތުރުކީވިލާތުގެ އަސްކަރީ ހެލިކޮޕްޓަރެއް އިރާގަށް ވެއްޓިއްޖެ

އައިޝަތު އިފާޝާ

logo

9/6/2022, 10:30:17 AM

# ދުނިޔެ# ތުރުކީ# އިރާގު

AA-20220609-28121817-28121816-NATO_MILITARY_DRILL_IN_GOTLAND copy

ތުރުކީވިލާތުގެ އަސްކަރީ ހެލިކޮޕްޓަރެއް ހޯޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައިއިރާގުގެ އުތުރުގެ ސަރަހައްދަކަށް ވެއްޓިއްޖެ ކަމަށް ތުރުކީވިލާތުގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.

ގޮސިޔާ

ހެލިކޮޕްޓަރު ވެއްޓުނުއިރު، އޭގައި 8 މީހުން ތިބި ކަމަށާއި، އެގޭ ތެރެއިން 7 މީހަކު ސަލާމަތްކުރެވިފައިރު، ދެންހުރި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ހެލިކޮޕްޓަރު ދިޔައީ އޮޕަރޭޝަން ކްލޯ-ލޮކް ސަރަހައްދަށް ސަޕްލައި މިޝަންއެއްގައި ކަމަށާއި، ވެއްޓުމުގެ ކުރިން ޕައިލެޓް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ލޭންޑްކުރުމުގެ މަސައްކަތް ކުރަމުންދިޔަކަމަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ތުރުކީ ބޯޑަރު ކައިރީގައި އޮންނަ އިރާގުގެ އުތުރުގެ މެޓީނާ، ޒަޕް އަދި އަސީން-ބާސިޔާން ސަރަހައްދުގައި ޕީކޭކޭ ޓެރަރިސްޓް ޖަމާއަތަށް އަމާޒުކޮށް ތުރްކީއިން "އޮޕަރޭޝަން ކްލޯ-ލޮކް" ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ