logoEN
cocacola
އިރާގުން ސީރިއާގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްއަކަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި

އިރާގުން ސީރިއާގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްއަކަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި

އަހުމަދު ޝުރާއު

logo

4/22/2024, 2:56:07 PM

# އިރާގު

އިރާގުގައި އެމެރިކާ ސިފައިން

ސޫރިޔާގެ އިރުއުތުރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އިރާގުން ގިނަ ރޮކެޓްތަކެއް ފޮނުވާލައިފިއެވެ.

ގޮސިޔާ

ރޭ އިރާގުގެ ޒުއްމާރު އަވަށުން ފޮނުވާލި މި ހަމަލާއަކީ ފެބްރުއަރީ މަހުގެ ކުރީކޮޅުން ފެށިގެން އިރާގުގައި ތިބި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ބައިނަލްއަގްވާމީ އިއްތިހާދާ ދެކޮޅަށް އާންމުކޮށް ހަމަލާދެމުން ދިޔަ ކެމްޕޭން ނިމުމަކަށް ގެނައި ފަހުން އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިރާގުން ދިން ފުރަތަމަ ހަމަލާ އެވެ.

މި ހަމަލާތައް ފޮނުވާލާފައިމިވަނީ އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވިތާ އެއް ދުވަސް ފަހުން ނެވެ.އެދަތުރުފުޅުގައި އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީ ވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަންއާވެސް ބައްދަލުކުރައްވާފައި އެވެ.

ކަތައިބް ހިޒްބުاللهއާ ގުޅިފައިވާ ޓެލެގްރާމް ގްރޫޕެއްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިރާގުގައި ހަތިޔާރު އެޅި ފެކްޝަންތަކުން ހަމަލާތައް ދޭން ނިންމީ ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، އެ ގައުމުގައި އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަން ނިމުމަކަށް ގެނައުމުގެ މަޝްވަރާތަކަށް މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާތީ ކަމަށެވެ.

ނަމަވެސް ހޯމަ ދުވަހު ކަތައިބް ހިޒްބުالله އިން ވަނީ އެމެރިކާ ސިފައިންނަށް ދިން ހަމަލާތަކަށް އެނބުރި އަންނާނެ ކަމަށް ބުނެ އެއްވެސް ބަޔާނެއް ނެރެފައި ނުވާ ކަމަށް ބުނެފަ އެވެ. މީގެ ކުރިން ކުރި އިއުލާނަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށް އެ ޖަމިއްޔާއިން ވަނީ ސިފަކޮށްފަ އެވެ.

އިރާގުގެ ސަލާމަތީ ބާރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސީރިއާގެ ސަރަހައްދުގެ މެދުގައި ބައިނަލްއަގުވާމީ އިއްތިހާދުގެ މަރުކަޒަކަށް ރޮކެޓް ހަމަލާތައް ދީފައި ވަނީ ގާނޫނާ ހިލާފަށް އުޅޭ ބަޔަކު ކަމަށެވެ. އިރާގު ސިފައިން އުތުރުގެ ނިނޭވޭ ޕްރޮވިންސްގައި ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު، ހަމަލާގައި ބޭނުންކުރި ވެހިކަލް ފެނިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ