logoEN
cocacola
މާލޭގައި ރާ ވިއްކާތީ އުޅެން ދަތިވެއްޖެ - ޖާބިރު

މާލޭގައި ރާ ވިއްކާތީ އުޅެން ދަތިވެއްޖެ - ޖާބިރު

އައިޝަތު އިފާޝާ

logo

10/27/2022, 7:30:53 AM

# އަބްދުﷲ ޖާބިރު

qJcJY909SuewdZIZZs7GPtQYy5Fx9Nu9NWhGk4bB

މާލޭގައި ބަނގުރާ ވިއްކާތީ މިހާރު އުޅެން ދަތިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ޖާބިރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޖާބިރު ވިދާޅުވީ މާލޭގައި މިހާރު ރާ ވިއްކާ ކަމަށާއި މިއީ ކާކު ހުއްދަ ދީގެން ހިނގާ ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. އެގޮތުން ހުޅުލޭގައި ރާ ވިއްކުމަކީ މާލޭގައި ވެސް ރާ ވިއްކުން ކަމަށާއި ބްރިޖް އެޅުމުން މާލެ ވެސް ހުޅުލޭގެ އިހުތިސޯސްގެ ތެރެއަށް މިހާރު ވަދެފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވަނީ މިކަމުގެ ސަބަބުން މާލޭގައި އުޅެން މިހާރު ދަތިވެފައިވާ ކަމަށާއި އެހެންކަމުން މަޖިލިސް ކާށިދޫ އަށް ބަދަލުކޮށްދޭން މަޖިލީހުގެ ރައީސްގެ ކިބައިން އެދިފަ އެވެ.

"އެހެންވެގެން އަޅުގަނޑު މާލޭގައި އުޅެން ދަތިވާތީވެ، މި މަޖިލިސް ބަދަލުކޮށްދެއްވާށޭ ރައީސް ކާށިދޫ އަށް. އެތާނގަ ނުހިނގައޭ މިކަހަލަ ކަމެއް." ޖާބިރު ވިދާޅުވި އެވެ.

ކާށިދޫގައި އެއްވެސް ކަމެއް ކޮށްގެން ނުވާ ކަމަށާއި ނަމަވެސް މާލޭގައި ވެއްޖެނަމަ ހުރިހާ ކަމެއް ކުރުމުގެ ފުރުސަތު އޮންނަ ކަމަށް އެޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވި އެވެ. އެހެން ނަމަވެސް މިއީ އެކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ