logoEN
cocacola
ޖާބިރު އަތުން އެމްޑީޕީ މަޖިލިސް ޓިކެޓު އަތުލި މައްސަލަ އިސްތިއުނާފުކޮށްފި

ޖާބިރު އަތުން އެމްޑީޕީ މަޖިލިސް ޓިކެޓު އަތުލި މައްސަލަ އިސްތިއުނާފުކޮށްފި

އައިޝަތު އިފާޝާ

logo

2/6/2024, 10:57:24 AM

# އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު

އެމްޑީޕީ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރި އެދާއިރާގެ މިހާރުވެސް މެންބަރު އަބްދުﷲ ޖާބިރުގެ ޓިކެޓް އަނބުރާ ނެގުމަށްފަހު ޕާޓީން ވަކިކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ގޮސިޔާ

އެމްޑީޕީ ފިޔަވަޅު އަޅާ ކޮމެޓީގެ ނިންމުމުގައި ބުނާގޮތުން ޖާބިރު އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މުޖުތަމައުގެ އާންމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް ދަނީ އަމަލުކުރައްވަމުންނެވެ. އަދި އެ ކަމަކީ އެމްޑީޕީ އާއި އެ ޕާޓީގެ އާންމު މެންބަރުންގެ މަސްލަހަތަށް އުނިކަންލިބޭ ފަދަ އަމަލެއް ކަމަށްވާތީ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން އެ މައްސަލަ ބެލި ކަމަށް އެމްޑީޕީން ބުނެއެވެ.

އެ ކޮމިޓީން ނިންމާފައިވަނީ، އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ޖާބިރަށް ނުދިނުމަށާއި، މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރުމަށެވެ.

އިސްތިއުނާފީ މައްސަލައިގައި ޖާބިރު ބުނެފައިވަނީ މިފަދަ ހުށަހެޅުމެއްގެ ރައްދުގައި މަޖިލީހަށް ފޮނުވާ ލިޔުމަކުން ނުވަތަ ހުދު ޝަޚްސީގޮތުން މަޖިލީހުގެ ކުރިމައްޗަށް ޙާޟިރުވެ އެ މެންބަރަކަށް ޖަވާބުދާރީ ވެވޭ ގޮތަށް ޤަވައިދުގައި ވަނިކޮށް ޤަވައިދާ ޚިލާފަށް އޭނަގެ ޓިކެޓް އަނބުރާ ނަގާފައިވާ ކަމަށާއި ޖަވާބުދާރީ ވާނެ ފުރުސަތެއް އޭނާއަށް ޕާޓީން ނުދެއްވާ ކަމަށެވެ.

ޕާޓީގެ އަސާސީ ގަވައިދުގެ 20 ވަނަ ،މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން މެންބަރެއްގެ މެންބަރުކަމުގެ ސަބަބުން ޕާޓީގެ މަޞްލަހަތުތަކަށް އެކަށީގެންނުވާ ގެއްލުން ލިބޭކަމަށް ޤަޢުމީ މަޖިލީހުން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބައި އަޣުލަބިއްޔަތަކުން ކަނޑައެޅުމުންނެވެ. މިފަދަ ކަނޑައެޅުމެއް ކަނޑައެޅޭނީ، ވަކިކުރަން ހުށަހެޅޭ ސަބަބުތައް ޤައުމީ މަޖިލީހުން ލިޔުމަކުން މެންބަރަށް އަންގާ، މެންބަރުގެ ފަރާތުން ކަމާމެދު ފާޑުކިޔުމަށް އިންސާފުވެރި ފުރުޞަތެއް ދިނުމަށްފަހުގައެވެ.

ޖާބިރު ވިދާޅުވީ ޕާޓީން ވަކިކުރަން ނިންމި ސަބަބު އޭނައަށް އަންގާފައި ނުވާ ކަމަށާއި ޕާޓީން ވަކިކޮށް ޓިކެޓް ނެގިކަމަށް މީޑިއާ ތަކަށް މަޢުލޫމާތު ދީ، އެ ޚަބަރު މީޑިއާ ތަކުގެ ފަލަސުރުޚީ އަށް އެރުވުމަކީ އޭނަގެ އިންތިޚާބީ ޙައްޤަށް އަރައިގަތުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ