
މޯލްޑިވިއަންގެ ސީޕްލޭން ކުރޫއިންނަށް އަވަގުރާނަ ގޮވި މައްސަލައިގައި ޖާބިރު ގޮވައިގެން ފުލުހަށް
# މޯލްޑިވިއަން# އަބްދުﷲ ޖާބިރުކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު
މޯލްޑިވިއަންގެ ސީޕްލޭން ކުރޫއިންނަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އަވަގުރާނަ ގޮވި މައްސަލަ އައިލެންޑް އޭވިއޭޝަނުން ޕޮލިހަށް ހުށަހަޅައިފި އެވެ.

އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ރިސޯޓެއްގައި ޖައްސާފައި އޮތް ސީޕްލޭނަކަށް އަރަން ގޮސް ހުރެ، ވަރަށް ހަޑި ހުތުރު ބަހުން ސީޕްލޭންގެ ކުރޫއިންނަށް ޖާބިރު އަވަގުރާނަ ގޮވަމުންދިޔަ މަންޒަރެވެ. ގާތްގަނޑަކަށް ތިން މިނެޓްގެ އެ ވީޑިއޯގައި އޭނާ ހުއްޓާ ނުލައި، ބޭ އަދަބީ ބަސްތައް ގޮވަމުން ދިޔައިރު ވެސް މޯލްޑިވިއަންގެ ކުރޫއިން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އެތަނުގެ މުވައްޒަފުންނަށް ހަޑި ހުތުރު ބަހުން ފުރައްސާރަކުރި މައްސަލަ ފުުލުހުންނަށް ހުށަހަޅާފައި ވާއިރު މޯލްޑިވިއަން އިން ވެސް ޖާބިރާ މެދު އަމަލުކުރާނެ ގޮތެއް ތަހުގީގަށް ފަހު ނިންމާނެ ކަމަށެވެ.
މޯލްޑިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އިއްޔެގެ މި ހާދިސާއާ މެދު ވަރަށް ކަންބޮޑުވާ ކަމަށާއި ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެ ބޮޑަށް އިސްކަންދޭނެ ކަންތައް ކަމަށެވެ.
އޭނާ ވިދާޅުވީ މިފަދަ ހާދިސާތައް ހިނގުމުން ދެން ކަންކުރަންވާނެ ގޮތުގެ ގަވާއިދުތަކާއި އުސޫލުތަކެއް ސިވިލް އޭވިއޭޝަނުގައި ވެސް އޮންނަ ކަމަށާއި އެ ހާދިސާގެ ހުރިހާ މައުލޫމާތެއް ހޯދައި ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ހަމަ އަސްލަށްވެސް ދިވެހީންގެ އެއާލައިން: މޯލްޑިވިއަނުން 6,000 އަށްވުރެ ގިނަ ޙާޖީންނާއި ޢުމްރާވެރިން އުފުލައިދީފި

11 ގަޑިއިރުގެ ސީދާ ދަތުރާއެކު އޮސްޓްރޭލިއާ ރާއްޖެއާ ގާތަށް!

މޯލްޑިވިއަންގެ ފްލައިޓުން އަލްކޮހޯލް ސާވިސް ދޭން އުޅޭކަމަށް ފެތުރޭ ވާހަކައަކީ ދޮގެއް- މޯލްޑިވިއަން




