logoEN
cocacola
ޓިކެޓް އަތުލި މައްސަލައިގައި ބަދަލު ހޯދަން ޖާބިރު ކޯޓަށް

ޓިކެޓް އަތުލި މައްސަލައިގައި ބަދަލު ހޯދަން ޖާބިރު ކޯޓަށް

އައިޝަތު އިފާޝާ

logo

2/14/2024, 11:47:47 AM

# އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު

އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށްފައިވަނިކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޓިކެޓް އަތުލި މައްސަލަ އޭނާ ސިވިލް ކޯޓަށް ހުށަހަޅުއްވައިފިއެވެ.

ގޮސިޔާ

ޖާބިރުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާކަން "ގާފު" އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އަދި އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިނުވާ ކަންވެސް ވަނީ އެނގިފައެެވެ.

ޖާބިރު ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ޓިކެޓް އަތުލުމުގެ ސަބަބުން އޭނާ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާ އަތުން ޓިކެޓް އަތުލައި، ކާށިދޫ ދާއިރާގެ ޓިކެޓް ފަހުން ދިން ކެންޑިޑޭޓްގެ ޓިކެޓް ހިފެހެއްޓުމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

އެ މައްސަލައިގައި ވިދާޅުވެފައިވާ ގޮތުގައި ޖާބިރު އަތުން ޓިކެޓް އަތުލާފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށެވެ. އަދި ކާށިދޫ ދާއިރާގެ ރައްޔިތުންގެ ތާއީދު އޭނާއަށް ލިބިފައިވަނިކޮށް ރައްޔިތުންގެ ރުހުމާ ދެކޮޅަށް ދާއިރާގެ ޓިކެޓް ދީ އޭނާގެ އިންތިޚާބީ ޙައްޤަށް އަރާފައިވާކަމަށްވެސް ޖާބިރުގެ ފަރާތުން ހުށަހެޅި މައްސަލައިގައި ވަނީ ވިދާޅުވެފައެވެ.

މުޖުތަމައުގެ އާއްމު މިންގަނޑާއި ޚިލާފަށް، ބޭއަދަބީ ބަހުރުވައިން ރައްޔިތުންނާއި މުޢާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކަމަށްބުނެ އެމްޑީޕީން ވަނީ ޖާބިރުގެ ޓިކެޓް އަތުލައި އޭނާ އެ ޕާޓިން ވެސް ވަކިކޮށްފައެވެ. މިކަމާ ގުޅިގެން ކުރިއަށް އޮތް މަޖިލީހުގައި ވާދަކުރެއްވުމަށްފަހު ޖާބިރު ފޯމު ހުށަހެޅުއްވީވެސް އަމިއްލަ ގޮތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ