logoEN
cocacola
އިގްތިސާދީ ސަރަހައްދު ފުށުއަރާނަމަ އެކަމެއް ހައްލުކުރާނީ އެއްބަސްވުމެއްގެ ދަށުން - އޭޖީ އޮފީސް

އިގްތިސާދީ ސަރަހައްދު ފުށުއަރާނަމަ އެކަމެއް ހައްލުކުރާނީ އެއްބަސްވުމެއްގެ ދަށުން - އޭޖީ އޮފީސް

އައިޝަތު އިފާޝާ

logo

10/24/2022, 11:54:19 PM

# އެޓާނީ ޖެނެރަލްގެ އޮފީސް

l_2019_10_10_023716_qrx57hwcz1el2vtajpoy6bsug34m89ndkfi_EN_

ދިވެހިރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދާއި އެހެން ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާނަމަ އެ ފުށުއެރުމެއް ހައްލުކުރަންޖެހޭނީ ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މޮރިޝަސް އަދި ރާއްޖެއަކީވެސް އަންކްލޮސްގައި ސޮއިކޮށްފައިވާ އަންކްލޮސްގެ މެންބަރު ޤައުމުތައްކަމަށްވާއިރު، އެ ދެ ގައުމުގެ ދެމެދުގައި އީއީޒެޑް ފުށުއެރުމުގެ މައްސަލަ ހައްލުކުރަންޖެހޭނީ އަންކްލޮސްގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އ.ދ އިން ފާސްކުރި ގަރާރާ ދެކޮޅަށް މީގެކުރިން ރާއްޖެއިން ވޯޓު ދިން ނަމަވެސް އެ ނިންމުން ކުއްލިއަކަށް ބަދަލުކުރުމުން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިއުމާއި ގުޅިގެން އޭޖީ އޮފީހުން މިރޭ ވަނީ އެކަމުގައި އަމަލުކުރަން ޖެހޭ ބައިނަލްއަޤްވާމީ ގަވާއިދު ހިއްސާކޮށްފައެވެ.

އެގޮތުން ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) އަކީ 10 ޑިސެމްބަރު 1982 ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަނެއް ކަމަށާއި، އަދި 7 ސެޕްޓެމްބަރު 2000 ގައި ދިވެހިރާއްޖޭން މި މުއާހަދާއަށް އަމަލުކުރަން ފަށާފައިވާ ކަމަށް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ށ) ގައި ދިވެހި ދައުލަތުން ބައިވެރިވާ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ މައްޗަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމްވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އަންކްލޮސްއަށް ޤާނޫނީ ބާރު ލިބިދީފައިވަނީ ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުން). އެ ޤާނޫނުގެ 7 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ ބަލާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ލިބިދޭ ހައްގުތައް ލިބިދެވޭނެ ކަމަށާއި ދިވެހިރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދާއި އެހެން ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ފުށުއަރާނަމަ އެ ފުށުއެރުމެއް ހައްލުކުރަންޖެހޭނީ ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން އަންކްލޮސްގެ އާޓިކަލް 74 ގައި އީއީޒެޑް ފުށުއެރުމުގެ މައްސަލަ ހައްލުކުރާނީ ދެ ޤައުމުގެ ދެމެދުގައި ބައިނަލްއަޤްވާމީ ޤާނޫނުގެ ހަމަތަކުގެ މަތިން ވެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވޭ އަދި އެއްބަސްވުމަކަށް ނާދެވޭނަމަ އީއީޒެޑް ފުށުއެރުމުގެ މައްސަލަ ހައްލުކުރަންޖެހޭނީ އަންކްލޮސްގެ ޕާޓް 15 ގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބަޔަންކޮށްފައިވެއެވެ.

އަންކްލޮސްގެ 15 ވަނަ ބައިގައި ހިމެނޭ އާޓިކަލް 287 ގެ 1 ގެ (އޭ) އަށް ބަލާއިރު، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިންވެސް މައްސަލައިގައި ގޮތް ނިންމިދާނެއެވެ.

ދެ ގައުމުގެ ދޭތެރޭގައި އުފެދޭ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ފުށުއެރުމުގެ މައްސަލަތައް އައިސީޖޭ އަދި އިޓްލޮސްއިން މީގެ ކުރިން ހައްލުކޮށްދީފައިވެއެވެ.

އެގޮތުން ނިކަރާގުއާ ވ ކޮލަމްބިއާ (2012 ވަނަ އަހަރުގެ އައިސީޖޭ ނިންމުން) އަކީ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ (200 ނޯޓިކަލް މޭލުގެ ތެރޭގައި ހިމެނޭ ސަރަހައްދުގެ) ޑިލިމިޓޭޝަން މެތޮޑޮލޮޖީ ކަނޑައަޅާފައިވާ ލޭންޑް މާކް ނިންމުމެކެވެ.

އެ ނިންމުމުގައި ކަނޑައަޅާފައިވާ ގޮތުންނަމަ މެރިޓައިމް ޑިލިމިޓޭޝަންގެ 3 މަރުޙަލާއެއްވޭ

މަރުޙަލާ 1: ރިލަވެންޓް ކޯސްޓްގެ މެދުން އިކުއިޑިސްޓަންސް ލައިނެއް ދަމާލުން

މަރުޙަލާ 2: އިކުއިޑިސްޓަންސް ލައިން އެޖަސްޓްކޮށްލަން ނުވަތަ ޝިފްޓްކޮށްލަންޖެހޭފަދަ ރިލަވަންޓް ސަރކަމްސްޓޭންސެއް އޮތްތޯ ބަލައި އެފަދަ ސަރކަމްސްޓޭންސެއް އޮތްނަމަ، އެ ލައިން ޝިފްޓް ކޮށްލުން ނުވަތަ އެޖަސްޓްކޮށްލުން

މަރުޙަލާ 3: އެޖަސްޓްކުރި ނުވަތަ ޝިޕްޓްކުރި ލައިންގެ ސަބަބުން، ރިލަވަންޓް ކަނޑުގެ ސަރަހައްދާ އަޅާ ބަލާއިރު އެއްވެސް ޑިސްޕްރޮޕޯޝަނަލިޓީއެއް ނުކުމޭތޯ ބެލުން

މި ދެންނެވި މަރުޙަލާތަކުގެ ތެރެއިން ޑިލިމިޓޭޝަން ފޯމިއުލާއަކީ ރޯމޭނިއާ ވ ޔޫކްރެއިން (2009 ވަނަ އަހަރުގެ އައިސީޖޭ ނިންމުން) ގައިވެސް ބޭނުންކޮށްފައިވާ ފޯމިއުލާއެވެ. މަތީގައި ދެންނެވުނު މައްސަލަތަކަށް ބަލާއިރު، ޑިލިމިޓޭޝަންގައި ބޭނުންކުރާ ހަމައަކީ "އިކުއިޓަބްލް ސޮލިއުޝަން" އަކަށް އައުމެވެ.

ބަންގްލަދޭޝް އަދި މިޔަންމާ (އިޓްލޮސްގެ 2012 ވަނަ އަހަރުގެ ނިންމުން)އަކީ އިޓްލޮސްއިން ނިންމި އެންމެ ފުރަތަމަ މެރިޓައިމް ޑިލިމިޓޭޝަންގެ މައްސަލައެވެ. މި މައްސަލާގައިވެސް ކުރިން މި ދެންނެވި 3 މަރުހަލާގެ މައްޗަށް އެކުލެވޭ މެރިޓައިމް ޑިލިމިޓޭޝަން ފޯމިއުލާ ބޭނުންކޮށް ބައުންޑަރީ ކަނޑައަޅާފައިވެއެވެ.

ރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލަ އަންކޮލޮސްގެ އުސޫލުތަކާ އެއްގޮތަށް ކަނޑައެޅުމަކީ ރާއްޖޭގެ ބައުންޑަރީ ބައިނަލްއަޤްވާމީ ހަމަތަކުގެ މަތިން ކަނޑައެޅިގެން ދިޔުން ކަމަށާއި އަންކްލޮސްއަކީ ދިވެހިރާއްޖެއިންވެސްް ސޮއިކޮށްފައިވާ މުއާހަދާއެއްކަމަށްވާއިރު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އެ މުއާހަދާއާ އެއްގޮތަށް ދިވެހިރާއްޖެއިންވެސް އަމަލުކުރަންްޖެހޭ ކަމަށް އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ