logoEN
Sto top
ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ: 15 ދާއިރާއަކުން 213 ބިލު!

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ: 15 ދާއިރާއަކުން 213 ބިލު!

އަހުމަދު ޝުރާއު

logo

6/13/2024, 12:15:43 PM

# އެޓާނީ ޖެނެރަލްގެ އޮފީސް

ބަންޑާރަ ނައިބު އުޝާމް

2023 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ، ބަންޑާރަނައިބުގެ އޮފީހުން މިއަދު ޝާއިޢުކޮށްފިއެވެ.

Wamco

ލެޖިސްލެޓިވް އެޖެންޑާއާ ގުޅޭގޮތުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، އެޖެންޑާގައި ހިމެނޭ ބިލުތަކާ ގުޅޭގޮތުންނާއި، ބިލުތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވާފައިވެއެވެ.

މައިގަނޑު 15 ދާއިރާއެއްގެ މައްޗަށް އެކުލެވޭ ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ޖުމްލަ 213 ބިލު އެކުލެވެއެވެ.

މި ބިލުތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުންގެންދިޔުމަށް ހަމަޖެހިފައިވަނީ، މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި، ޙާލަތަށާއި ބޭނުމަށް ރިޢާޔަތްކޮށް، އިސްކަންދޭންޖެހޭ ކަންކަމުގެ ތަރުތީބުންނެވެ. އެގޮތުން، ކޮންމެ އަހަރަކު އެއްފަހަރު ލެޖިސްލެޓިވް އެޖެންޑާ މުރާޖަޢާކޮށް، ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރަށް ބިނާކޮށް، އެ ދައުރެއްގައި ހުށަހެޅުމަށް ނިންމާ ބިލުތަކުގެ ލިސްޓު ކަނޑައެޅިގެންދާނެއެވެ.

މި އެޖެންޑާގައި ހިމެނޭ ދާއިރާތަކަކީ:

  1. ދުސްތޫރީ އަދި ޤާނޫނީ ކަންކަން
  2. ދައުލަތް ހިންގުން
  3. ޙައްޤުތަކާއި މިނިވަންކަން
  4. އިސްލާމްދީނާއި ޤައުމިއްޔަތު
  5. ޤައުމީ ސަލާމަތާއި ޚާރިޖިއްޔާ
  6. ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުން
  7. ޢާއިލާއާއި މުޖުތަމަޢު
  8. ޞިއްޙަތާއި ދުޅަހެޔޮކަން
  9. ތިމާވެށި
  10. ވިޔަފާރިއާއި އިޤްތިޞާދު
  11. ފައިސާއާއި މާލީ ކަންކަން
  12. ބިމާއި މުދަލާއި ޢުމްރާނީ ތަރައްޤީ
  13. ދަތުރުފަތުރާއި މުވާޞަލާތު
  14. ތަޢުލީމާއި މަސައްކަތްތެރިކަން
  15. ޒަމާނާ ނުގުޅޭތީ އުވާލަންޖެހޭ ނުވަތަ އިޞްލާޙުކުރަންޖެހޭ ޤާނޫނުތައް

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ އެކުލަވާލުމުގައި އިސްކަންދީފައިވާނީ ތިރީގައިވާ ދާއިރާތަކާގުޅޭ ބިލުތަކަށެވެ.

  1. ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ބިލުތައް؛
  2. ޤާނޫނުއަސާސީގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކާއި ޤާނޫނުއަސާސީއާ ތަޢާރުޟުވުމުގެ ސަބަބުން އިޞްލާޙު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތަކާގުޅޭ ބިލުތައް؛
  3. ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިންގުމުގައި ޤާނޫނެއް ހެދިފައި ނެތް، އެހެންނަމަވެސް ޤާނޫނަކުން ކޮންމެހެން ބާރު ލިބިދޭންޖެހޭ ކަންކަމާގުޅޭ ބިލުތައް؛
  4. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި އިޞްލާޙު ގެންނަންޖެހޭ ޤާނޫނުތަކާގުޅޭ ބިލުތައް؛
  5. ޒަމާނާ ނުގުޅޭތީ އިޞްލާޙު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތަކާ ގުޅޭގޮތުން އެކުލަވާލަންޖެހޭ ބިލުތައް؛ އަދި
  6. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާޙަދާތަކަށް ދިވެހިރާއްޖޭގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނުތަކާގުޅޭ ބިލުތައް.

ލެޖިސްލެޓިވް އެޖެންޑާ 2023-2028 ގައި، ހިމޭނޭ ބިލުތަކުގެ ތެރޭގައި، މުޅިން އަލަށް އެކުލަވާލަންޖެހޭ 78 ޤާނޫނަކާގުޅޭ ބިލާއި، މިހާރު ޢަމަލުކުރެވޭ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި ހުށަހަޅަން ޤަޞްދުކުރާ 135 ބިލެއް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside