logoEN
Sto top
ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށް އޭޖީއާއި ޕީޖީން މަޝްވަރާކޮށްފި

ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމަށް އޭޖީއާއި ޕީޖީން މަޝްވަރާކޮށްފި

އަލްފާ އަލީ

logo

9/19/2024, 10:28:41 AM

# އެޓާނީ ޖެނެރަލްގެ އޮފީސް# ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް

-

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފު ބަންޑާރަނާއިބު އަލްއުސްތާޛް އަޙްމަދު އުޝާމްއާ ބައްދަލުކުރައްވައިފިއެވެ.

Wamco

މިއަދު އެޓާރނީ ޖެނެރަލްގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ބަންޑާރަނާއިބު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ޕްރޮސިކިއުޓަރ ޖެެނެރަލް ވަނީ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރު ބަންޑާރަނާއިބާ ޙިއްޞާކުރައްވާފައެވެ.

އަދި ބަންޑާރަނައިބު އުޝާމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހިތްވަރު ދެއްވާފައެވެ.

ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރާންވާނީ އަދި ބާރުތައް ބޭނުންކުރާންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތަޢައްޞުބުން އެއްކިބާވެ ހުރެ ބަންޑާރަނައިބު ކަނޑައަޅުއްވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްޕުޅު ބަންޓައްކުރާނެ ގޮތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ ފަރާތަކީ ބަންޑާރަނާއިބެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside