
އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މީޑިއާ ކައުންސިލް މެމްބަރު ސަސްޕެންޑްކޮށްފި
# މީޑިއާ ކައުންސިލްFf2iIVYVUAEh78P
އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މީޑިއާ ކައުންސިލް މެމްބަރު މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑްކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު ޝާފިއު އެކައުންސިލުގެ ފަރާތުން ނޫސްވެރިންނާއެކު އިންޑިއާއަށް ކުރެއްވި ދަތުރުގައާއި އޭގެ ފަހުން އަންހެން ނޫސްްވެރިޔަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކޮށްފައިވަނީ "ވަގުތު" އިންނެވެ. އެމައްސަލައާ ގުޅިގެން މީޑިއާ ކައުންސިލުން މިރޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.
އެބައްދަލުވުމުގައި ވަނީ، މި މައްސަލާގައި ކަން ހިނގާދިޔަގޮތް ބެލުމަށާއި، މި މައްސަލަ ވަކި ގޮތަކަށް ނނިމެނންދެން ކައުންސިލުގެ މަސްއޫލިއްޔަތުތަކުން ޝާފިއު އެކަހެރިކުރުމަށްް ފާސްކޮށްފައެވެ.
އަދި މިމައްސަލަ ބެލުމަށް 5 މެމްބަރުންގެ ކޮމެޓީއެއް ނެގުމަށާއި، ކޮޮމެޓީގެ މަސައްކަތް 7 ދުވަހުގެ ތެރޭގައި ނިންމުމަށް ކައުންސިލްގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
ގުޅުންހުރި

އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މީޑިއާ ކައުންސިލް މެމްބަރު ސަސްޕެންޑްކޮށްފި

މީޑިއާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

އޮންލައިން މީޑިއާ އެތިކްސް ކޯހެއް ފަރުމާކޮށް، ހިންގަން އެއްބަސްވެއްޖެ
