
mmc-media-council
ސިފައިންގެ މީހަކު ނޫސްވެރިއަކަށް އިންޒާރުދިން މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބަލަން ފަށައިފިއެވެ.

އެމްއެމްސީން ބަލަމުން ދަނީ، ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި "ވޮއިސް" ނޫހުގެ ޗީފް އެޑިޓަރު ޝަފްރާޒް އަހްމަދު ޙުސެއިންއަށް ސިފައިންގެ މީހަކު އިންޒާރު ދިން ކަމަށް ބުނާ މައްސަލައެކެވެ.
"ވޮއިސް"ގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ރަސްމިއްޔާތުގެ ތެރޭގައި ސިފައިންގެ މީހަކު ވަނީ ޝަފްރާޒް "ހޭއަރުވާލަން ޖެހޭ" ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އޭނާއަކީ ނޫސްވެރިއެއްކަން އަންގައިދޭ ކާޑު ދެއްކުމުން ވެސް ސިފައިންގެ މީހާ ވަނީ އޭނާގެ ފޮޓޯ ނަގައި އޭނާއަށް ތަކުރާރުކޮށް އިންޒާރު ދީފައި ކަމަށް އެ ނޫހުގައިވެއެވެ.
އެ ކަމާ ގުޅިގެން މީޑިއާ ކައުންސިލުން ބުނީ އެ މައްސަލަ މީޑިއާ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ މިހާރު ބަލަމުންދާކަމަށެވެ.
ގުޅުންހުރި

އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މީޑިއާ ކައުންސިލް މެމްބަރު ސަސްޕެންޑްކޮށްފި

މީޑިއާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

އޮންލައިން މީޑިއާ އެތިކްސް ކޯހެއް ފަރުމާކޮށް، ހިންގަން އެއްބަސްވެއްޖެ
