
އޮންލައިން މީޑިއާ އެތިކްސް ކޯހެއް ފަރުމާކޮށް، ހިންގަން އެއްބަސްވެއްޖެ
# މީޑިއާ ކައުންސިލް# ބްރޯޑްކާސްޓިންގ ކޮމިޝަން# ނޫސްވެރިކަންFch6sLOaMAIIOpE
ބްރިޓިޝް ހައި ކޮމިޝަންގެ އެހީގައި ރާއްޖޭގައި އޮންލައިން މީޑިއާ އެތިކްސް ކޯހެއް ފަރުމާކޮށް ހިންގުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެލިނިއަރ، އައި.ޔޫ.އެމް، އެމް.އެމް.އައި، އެމް.އެމް.ސީ، ބްރޯޑްކޮމް، އިނގިރޭސިވިލާތުގެ ހައި ކޮމިޝަން، ޕީ.އެސް.އެމް އަދި އެހެން މީޑިއާތަކުގެ ބޭފުޅުން ބައިވެރިވިއެވެ.
އަންނަ އަހަރު ފެށުމަށް އަމާޒުކޮށް 4 ފަރާތަކާއެކު އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ އެލިނިއަރ އިންޓަރނޭޝަނަލް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލާ ދެމެދުއެވެ.
މި އެއްބަސްވުމުގެ މަޤްޞަދަކީ މީޑިއާ، ކޮމިއުނިކޭޝަންސް ބިއުރޯސް، ސިވިލް ސޮސައިޓީ އަދި ޝައުގުވެރިކަން ހުންނަ އެހެން ފަރާތްތަކަށް ޓްރެއިނިންގ ޓޫލްއެއްގެ ގޮތުގައާއި ޤަބޫލުކުރެވޭ ފެންވަރެއްގެ ކޮލިފިކޭޝަނަކަށް އަދި އެތިކަލް ބޭސްލައިނަކަށް ބޭނުންކުރެވޭނެ އޮންލައިން މީޑިއާ އެތިކްސް ކޯހެއް އުފެއްދުމެވެ. މަލްޓިމީޑިއާ ބޭނުންކޮށްގެން ފަރުމާ ކުރެވޭ މި ކޯހަކީ އެންމެނަށްވެސް ބައިވެރިވެވޭނެ، ރާއްޖޭގެ ވެއްޓައް އެކަށޭނެ، އަދި ޖަރނަލިސްޓިކް ބެސްޓް ޕްރެކްޓިސްގެ އިންޓަރނެޝަނަލް ސްޓޭންޑަޑަށް ފެތޭނެ ގޮތަށް ފަރުމާކުރެވޭ ކޯހެކެވެ.
ގުޅުންހުރި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓުކުރަން ބިލެއް ހުށަހަޅާކަށް ނޫޅޭ - ހީނާ

ބްރޯޑްކޮމްއަށް އައްޔަނުކުރަން ރައީސް އެދުނީ މުހައްމާ އާއި މުއާޒު!
