
މީޑިއާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި
# މީޑިއާ ކައުންސިލް# މީޑިއާ ކައުންސިލް އިންތިޚާބުmmc-media-council
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އިންތިޚާބު ބާއްވަނީ ކައުންސިލްގެ މި ދައުރުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުންގެ ދައުރު އަންނަ ޑިސެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެވެ. ދައުރު ހަމަވާ 13 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންނަކީ މީޑިއާ ތަމްސީލް ކުރާ މެމްބަރުންނެވެ. ބާކީ ހަ މެންބަރުންނަކީ އާންމުން ތަމްސީލް ކުރާ މެންބަރުންނެވެ.
މީޑިއާ ތަމްސިލް ކުރާ ގޮނޑިތަކަށް ކެންޑިޑޭޓުން ހުށަހަޅާނީ މީޑިއާތަކުންނެވެ. އާންމު މެމްބަރުންގެ ގޮތުގައި ބަލަނީ މީޑިއާ އާއި ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަަސައްކަތް ނުކުރާ މީހުންނެވެ.
އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.
އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިއުލާނުކުރީ މިއަހަރުގެ އޮގަސްޓް 22ގަ އެވެ. އެކަމަކު އެމްއެމްސީގެ އިންތިހާބު ބޭއްވުމަށް އިތުރު ތައްޔާރީތައް ވާން ޖެހޭ ކަމަށް ބުނެ ހޯމް މިނިސްޓްރީން އޮގަސްޓް 25ގައި އެ އިއުލާނު ބާތިލުކުރި އެވެ. އަދި އެ އިއުލާނު ބާތިލްކުރުމަށްފަހު ހޯމް މިނިސްޓްރީން ވަނީ އެމްއެމްސީއަށް މެންބަރުން ހޮވުމުގެ އުސޫލު އިސްލާހުކޮށްފަ އެވެ.
އާ އުސޫލުގައިވާ ގޮތުން ގަވައިދުން ނުނެރޭ ނޫސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް (ޕީއެސްއެމްގެ ދަށުން ހިންގާ މީޑިއާތައް ފިޔަވައި) އެމްއެމްސީ އިންތިހާބުގައި ވޯޓެއް ނުލެވޭނެ އެވެ.
ގުޅުންހުރި

އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މީޑިއާ ކައުންސިލް މެމްބަރު ސަސްޕެންޑްކޮށްފި

މީޑިއާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި

އޮންލައިން މީޑިއާ އެތިކްސް ކޯހެއް ފަރުމާކޮށް، ހިންގަން އެއްބަސްވެއްޖެ
