logoEN
cocacola
ރާއްޖޭގެ ޖައްވާ ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ދިވެހިން ނޭދޭނެ - ޤާސިމް

ރާއްޖޭގެ ޖައްވާ ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ދިވެހިން ނޭދޭނެ - ޤާސިމް

އައިޝަތު އިފާޝާ

logo

10/23/2022, 3:45:41 PM

# ޤާސިމް އިބްރާހީމް# ފޯޅަވަހި

l_2018_11_02_022616_k5xfbiap8oqlrzsg23en9u4j6t17dvwcmhy_EN_

ރާއްޖޭގެ ޖައްވާ ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ދިވެހިން ނޭދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

އެބަޔާނުގައި ޤާސިމްް ވިދާޅުވީ، ރާއްޖޭގެ ބިމާއި، ރާއްޖޭގެ ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ނޫނީ ބަޔަކަށް ދޭކަށް ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށާއި، ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިޔަސް ބައިނަލްއަޤްވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ޙައްގެއް، އިމްތިޔާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްްލުމަކީ ދިވެހިރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ދިވެހިރާއްޖެއާ ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި، އޮތް ހަމަ އެކަނި ހައްލަކީ "އިކުއިޑިސްޓޭންސްް"ގެ އުސޫލުކަމަށް ދެކި، ބަޔަކު ހަމަ އެދޭއިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލައިލުމަކީ ރާއްްޖެއަށް އެންމެ މަސްްލަޙަތު ހުރި ގޮތް ކަމަށް ނުފެންނަ ކަމަށްވެސް ޤާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

"އެއީ އިން ވަކިކުރަން ހުށަހެޅިފައިވަނީ، އަންޒަމާނުއްސުރެ އާބާދީގެ ބޮޑު ބައެއް ކަނޑު ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާ މިދިޔަ ބައިގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްްތަގުބަލްގައިވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު (އިތުރު 99 އަހަރަށް އެމެރިކާގެ އަސްކަރީ ބަނދަރަކަށް ކުއްޔަށް ދޭން ހުށަހަޅާފައިވާ) ތަނަކާ މެދު އޮތް ސަރަހައްދެއްގެ ކަމަށް ވާތީ." ޤާސިމް ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.

އަދި އދގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލް ރާއްޖެއަށް ހޯދޭނެ ކަމަށާއި ދިވެހިން އެދެނީ ދިވެހި ސަރުކާރުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަޞްލަޙަތުގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް އިޙްްލާސްތެރިކަމާއެކު ކުރާތަން ފެނުން ކަމަށާއި، އެކަމެއްް ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ސަރުކާރުން ކުރުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޗާގޮސް އައިލެންޑް ނުވަތަ ފޯޅަވައްސަކީ ދިވެހިރާއްޖެއާއި 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށެވެ. މިހާރު އެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކެވެ. ޗާގޯސް އައިލެންޑްސްގެ 60 ރަށުގެ ޖުމްލަ ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރު ހުރެއެވެ. އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. ފޯޅަވަހީގެ އަތޮޅު ތަކުގެ ތެރެއިން އައްޑު އަތޮޅާއި އެންމެ ކައިރީގައި އޮންނަނީ މޯސްބީ އައިލޭންޑް އަތޮޅާއި ސޮލޮމޮން އައިލޭންޑުގެ ރަށް ތަކެވެ. މިރަށްތަކާއި އައްޑު އަތޮޅާއި ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލްއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ