logoEN
Sto top
ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ސިޓީ ހުށަހަަޅައިފިން: ރައީސް

ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ސިޓީ ހުށަހަަޅައިފިން: ރައީސް

# ޑރ. މުހައްމަދު މުއިއްޒު# ފޯޅަވަހި# ރައްޔިތުންގެ މަޖިލިސް

ރައީސް މުއިއްޒު

ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ސިޓީއެއް އިނގިރޭސިވިލާތައް ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Wamco

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ މިކަން ހާމަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، ފޯޅަވަހި މޮރިޝަސްއަށް މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުން އިއުތިރާޒްކޮށް އެކަން މިިދިޔަ މަހުގެ 18 ވަނަ ދުވަހުގައި އިނގިރޭސިވިލާތަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ޗާގޯސް ނުވަތަ ފޯޅަވަހީގެ ތާރީހެއް ރާއްޖެއަށް އޮތް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ އޭރުވެސް މިހާރު ވެސް ދިވެހީން މަހަށް ނުކުމެ ތިބޭ ސަރަހައްދެއް ކަމަށެވެ. އަދި ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅުކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މިދިޔަ އަހަރު ޑިސެންބަރު ގައި އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ދަ ރައިޓް އޮނަރަބަލް ޑޭވިޑް ލެމީއާއެކު އޮތް ފޯނު ކޯލުގައިވެސް މި މައްސަލަ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުން ދިރާސާކޮށް، އަނބުރާ ހޯދުމަށް 19 ނޮވެންބަރު 2023ގައި ބަންޑާރަ ނައިބަށް އަންގާފަވާކަމަށެވެ. އެ މަސައްކަތަށް 3 މެންބަރުންގެ ވިލަރެސް ކޮމިޓީއެއް އެކުލަވާލާ، އެ ކޮމިޓީގެ ރިޕޯޓް 22 ޖަނަވަރީ 2026ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައިވާކަމަށެވެ.

22 އޮގަސްޓް 2022ގައި ރާއްޖެއިން ފޮނުވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަޙައްދުގެ ރައްކަލަށް ނޭދެވޭ އަސަރުކޮށްފަވާކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފަވާތީ، އެ ސިޓީ އަނބުރާ ގެނައުމަށް ނިންމިކަން، ރައްޔިތުންގެ ޙައްގުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކުރިފުޅުމަތީގައި އިޢުލާނުކުރަން. މީގެއިތުރުން ކަނޑުގެ ސަރަހައްދުގެ ޤާނުނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލިޖިކް ބޭސްޕޮއިންޓްތަކާ ހަވާލާދީ، ރާއްޖޭގެ އެސްސީޒެޑްއަކީ ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭގޮތަށް ޤާނުނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަޙައްދުކަމަށް ނިންމާ މަޖިލިސް މެންބަރުގެ ހާޒިރުގައި އެކަން އިއުލާނުކުރަން. - ރައީސް

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދާއި ބޭސްލައިން ކަނޑައެޅުމަށް، ސަރަޙައްދީ ކޯޑިނޭޓްތަކާއި ބޭސް ލައިން ސަރަޙައްދާއި މިކަމާއި ގުޅުންހުރި އިތުރު މައްސަލަތައް ބެލުމަށް، މާހިރުންގެ ލަފަޔާ އެއްގޮތަށް ވަކި ޚާއްސަ އިދާރާއެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC