
Gasim
ގައުމަށްޓަކައި އެކަށީގެންވާ ހިދުމަތްތަކެއް ކޮށްދެވިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ހެނދުނު "ރާއްޖެޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ގާސިމް ވިދާޅުވީ، އެމަނިކުފާނު މިހާތަނަށް ކުރެއްވި މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ.
ގާސިމް ވިދާޅުވިގޮތުގައި، ލިބުނު އާމްދަނީގެ ގާތްގަނޑަކަށް 60 އިންސައްތަ ހޭދަކުރެއްވީ ދިވެހި ގައުމުގެ ކުރިއެރުމާއި ދިވެހި ރައްޔިތުންނަށް ކިޔަވައިދިނުމާއި އެހީތެރިވެދިނުމުގެ އިތުރުން މާތްﷲ ގެ މަގުގައި ހޭދަކުރުމަށް ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އުމުރުފުޅުން 73 އަހަރަށް ލައިގެންދާއިރު، ގައުމަށްޓަކައި އެކަށީގެންވާ ވަރުގެ ޚިދުމަތްތަކެއް ކޮށްދެވިފައިވާ ކަމަށެވެ.
އަދި މިއަދުވެސް ކުރައްވަމުންގެންދަވަނީ އިސްލާހީ މަސައްކަތް ކަމަށާއި، އެމަސައްކަތުގައި ނަގަންޖެހުނު ފިޔަވަޅެއް އަޅައިގެން ހޯދަންޖެހޭ މަގާމެއް ހޯއްދަވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައު ހުންނަވައިގެން މިހާރުވެސް ކުރައްވަމުންގެންދަވާ މަސައްކަތަކީ އެއީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.