
IMG_6213
ގޯސިޔާ ރެސްޓޯރެންޓުގެ ނަމަކީ ހުވަދު އަތޮޅަށް އާނަމަކަށް ނުވާނެ އެވެ. ތަނުގެ މާހައުލާއި ކާނާގެ ވެރައިޓީތަކުންވެސް ގޯސިޔާ އޮތީ ހުވަދު އަތޮޅާއި އަތޮޅުގެ އާބާދީ އެންމެ ބޮޑު ތިނަދޫގެ އެންމެ މަޝްހޫރު ރެސްޓޯރެންޓުގެ މަގާމުގައެވެ.

ޒަމާނީ އިންޓީރިއާއަކާ ތަފާތު ރަހަތަކާއެކު ގޯސިއާ އަލުން ހުޅުވީ މިއަހަރުގެ ކުރީކޮޅުގައެވެ. ތިނަދޫގައި ބޮޑު ހަރަކާތެއް އޮންނަ ކޮންމެ ފަހަރަކުވެސް އެފަހުން ދާން އޮންނަ އެންމެ ފުރިހަމަ މަންޒިލަކަށް ވެފައި އޮތީ ގޯސިޔާ އެވެ. އެއާއެކު ގޯސިޔާ ވެފައި ވަނީ ތިނަދޫގައި އެންމެ "ހައުސްފުލް"ވާ ރެސްޓޯރެންޓަށެވެ. ހާއްސަ ކަމެއް އޮތީމައި ތާއެވެ. އަގުހެޔޮ މީރު ގިނަ ވެރައިޓީތަކެއްގެ ކާނާ ލިބޭ އެންމެ އިތުބާރުހުރި ރެސްޓޯރެންޓަށް ގޯސިޔާ މިވަނީ ވެފައެވެ.
މިރޭ ތިނަދޫގައި ފަށާ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގިނަ ޓީމްތަކެއް މިވަނީ ތިނަދޫއަށް އައިސްފައި އެވެ. އެތުލެޓިކްސްގައި ބައިވެރިވާ ދަރިވަރުންގެ އާއިލާތަކާއި ސްކޫލުތަކުގެ މެނޭޖްމަންޓުގެ އެކި ފަރާތްތަކެވެ. މިއާއެކު އަނެއްކާވެސް ގޯސިޔާއަށް މިއޮތީ "ހައުސްފުލް" ސީޒަނަކާ ލައިގެންފައެވެ.
ގޯސިއާ ރެސްޓޯރެންޓު ހުންނަނީ ތިނަދޫގެ އެންމެ ޕްރައިމް އެއް ލޮކޭޝަންގައި ކަމަށްވާއިރު އެތަން މިހާރުވެފައި ވެފައިވަނީ ރަށަށް އައި މެހެމާނުންގެ މެދުގައި އެންމެ މަގުބޫލު ރެސްޓޯރެންޓަށެވެ. މުބާރާތް ބާއްވާ ތިނަދޫ ސްޓޭޑިއަމާ މާދުރު ނޫސް ހިސާބެއްގައި ހުންނަ މި ރެސްޓޯރެންޓު ހުންނާނީ ތިނަދޫގެ ފްލެޓު ސަރަހައްދުގެ ފުރަގަހަށް އޮންނަ ތާރު މަގުގައެވެ.
އެއްފަހަރާ 200 އަށްވުރެ ގިނަ މީހުންނަށް ކޭޓާރ ކުރުމުގެ ތަނަވަސް ޖާގަ އޮތް ގޯސިޔާ ރެސްޓޯރެންޓު އަލުން ހުޅުވިގެން ދިޔައިރު އެރެސްޓޯރެންޓުގައި ވީއަޕީ ޚާއްސަ ބަޔަކާއި އައުޓްޑޯ ބައެއްގެ އިތުރުން ޒުވާނުންނަށް ޚާއްސަ ލައުންޖެއްވެސް ވަނީ ހިމެނިގެން ގޮސްފައެވެ. އަދި މުޅި ރެސްޓޯރެންޓުވެސް ފަރުމާކޮށްފައިވަނީ ޒަމާނީ އާކިޓެކްޗާ އަކަށެވެ.
މި ރެސްޓޯރެންޓު އިޓަލީގެ ކާތަކެއްޗަށް ހާއްސަވާއިރު މި ވަގުތު ހުވަދު އަތޮޅުގައި ހުރި އެހެން ރެސްޓޯރެންޓްތަކާ ހިލާފަށް އެތަނުން އިޓާލިއަން ފުޑްގެ އަސްލު ރަހަ ލިބިގެންދާނެ އެވެ. ރެސްޓޯރެންޓުގެ މެނޫގައި ހިމެނޭ ހުރިޔާ ބާވަތެއްވެސް އޯޑަރ ކޮށްލުމުން ގެއާ ހަމައަށް ގޯސިޔާ އިން ހިލޭ ޑެލިވަރ ކޮށްދޭނެ އެވެ.