
ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގެ ބެވެރޭޖަސް ޕާޓްނަރަކަށް ގޯސިޔާ!
# ގޯސިޔާ# ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތް 2022TOFT2022 BEVARAGE partner
ގދ ތިނަދޫގެ އޮފީސްތަކަށް ހުޅުވާލައިގެން ތިނަދޫ ކައުންސިލުން ހުވަދު ރެކްރިއޭޝަނާއި ގުޅިގެން ބާއްވާ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތް 2022 ގެ ބެވެރޭޖަސް ޕާޓްނަރަކަށް ގޯސިޔާ ހަމަޖައްސައިފި އެވެ.

ބެވޭރޭޖަސް ޕާޓްނަރަކަށް ގޯސިޔާ ހަމަޖެއްސީ މިއަދުގެ ވަގުތެއްގައި އެވެ.
މި މުބާރާތުގައި ގދ ތިނަދޫގެ ސަރުކާރުގެ މުވައްސަސާތަކާއި ކުންުފުނިތަކުން ޖުމުލަ 11 ޓީމުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ގުރުލުން ރޭ ވަނީ ބާއްވާފައެވެ.
މި މުބާރާތް ފަށާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މިދިޔަ އަހަރުވެސް ތިނަދޫ ކައުންސިލުން ވަނީ އިންޓަ އޮފީސް ފުޓްސަލް މުބާރާތެއް ބާއްވާފައެވެ. ހަވަރު ސްޕޯޓްސްއާއި ގުޅިގެން ކުރިޔަށް ގެންދިޔަ އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ތިނަދޫ ޕަބްލިކް ވޯކްސްގެ ޓީމެވެ.
މިއަހަރުގެ މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިނެވެ.