
ގޯސިޔާ
ކޮންމެ ރޯދަމަހެއް ފެށުމަކާއެކުވެސް ގިނަބައެއްގެ ސަމާލުކަން ހުއްޓޭ ކަމަކީ ރެސްޓޯރެންޓުތަކުން ލިބޭ ރޯދަ ވީއްލުން މެނޫތަކަށެވެ. އެކި ރެސްޓޯރެންޓުތަކުން ލިބޭ ރަހަތަކާއި އަގުތައް މަޝްވަރާވެސް ކުރާނެ އެވެ.

ތިނަދޫ ސިޓީއަށް ބަލާއިރު، ގިނަ ރެސްޓޯރެންޓް/ ކެފޭތަކުން މިހާރު ވަނީ ރޯދަ މެނޫތައް އާއްމުކޮށްފައެވެ. މި މެނޫތަކުގެ ތެރެއިން އެންމެންގެ ސަމާލުކަން ހުއްޓޭ އެއް މެނޫއަކަށް ގޯސިޔާ ރެސްޓޯރެންޓްގެ މެނޫ ވާނެ ކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.
އެހާ ފުރިހަމަ ހިދުމަތަކާއެކު ގޯސިޔާއިން ހުށަހަޅާފައިވަނީ ތިނަދޫ ސިޓީން ލިބޭ އެންމެ ހެޔޮ އަގުގައި ރޯދަ ވީއްލުމުގެ ފުރުސަތެވެ. މިއީ ރައްޓެހިންނާއެކުވިޔަސް އާއިލާއާ އެކުވިޔަސް ޖީބަށް އެހާމެ ލުއިކޮށް ފުރިހަމަ ރަހަތަކާއެކު ރޯދަވީއްލުމަށް ގޯސިޔާއިން ހުޅުވާލި ރަނުގެ ފުރުސަތެކެވެ.
މިދިޔަ އަހަރާއި ހިލާފަށް މިއަހަރުގެ ރޯދަ މެނޫ ތަފާތުކޮށްފައިވާއިރު، އެތަނުން ހުށަހަޅާފައިވަނީ 2 ޕެކޭޖެކެވެ. އެއީ 120 ރުފިޔާގެ ޕެކޭޖަކާއި 150 ރުފިޔާގެ ޕެކޭޖެކެވެ. މި ޕެކޭޖުތަކުން މީރު ރަހަތައް ތަޖުރިބާކޮށްލެވޭނެ އެވެ.
ގޯސިޔާ އަކީ ތިނަދޫގައި ހިންގަމުން އަންނަ ދުވަސްވީ ރެސްޓޯރެންޓް ބްރޭންޑެކެވެ. ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތް ފުޅާކުރުމަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
އާއިލީ އަދި ރަހުމަތްތެރިންނާއި އެކު ހިތްފަސޭހަ ރޯދަވީއްލުމަކަށް ގޯސިޔާ އޮތީ ތައްޔާރަށެވެ. ރޯދަވީއްލަން ބޭނުންވާ ދުވަހުގެ ހެނދުނު 9:30 އާއި ހަވީރު 3 ޖެހުމާ ދޭތެރޭ އެދުވަހަކަށް އޯޑަރު ދިނުމުން އެދުވަހެއްގެ ރޯދަވީއްލުމަށް ގޯސިޔާއިން ތައްޔާރުވާނެ އެވެ. އޯޑަރު ދިނުމަށް ގުޅަން ޖެހޭނީ ގޯސިޔާގެ ނަންބަރު 7901063، 7911063، 6842063 އަށެވެ.