logoEN
cocacola
ގެމަނަފުށީގައި ފިރިހެނަކު އަނބިމީހާއަށް އަނިޔާކުރި މައްސަލައެއް!

ގެމަނަފުށީގައި ފިރިހެނަކު އަނބިމީހާއަށް އަނިޔާކުރި މައްސަލައެއް!

# ފުލުހުން# ގެވެށި އަނިޔާ# ގއ.ގެމަނަފުށި

breaking ބްރޭކިންގް

ގއ. ގެމަނަފުށިގައި ފިރިހެނަކު އޭނާގެ އަނބިމީހާއަށް އަނިޔާކުރި މައްސަލައެއް ފެނމަތިވެއްޖެ އެވެ.

ގޮސިޔާ

އިތުބާރު ހުރި މަސްދަރަކުން "ގާފު" އަށް މައުލޫމާތު ދިން ގޮތުގައި ގެމަނަފުށީގައި ފިރިހެނަކު ވަނީ އޭނާގެ އަންހެނުންނަށް ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ. އެގޮތުން އޭނާގެ އަންހެނުންގެ ކަރުގައި ހިފައި "ބިންމައްޗަށް ވައްޓައި" ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށާއި، މި މައްސަލައަކީ ދުވަސްވީ މައްސަލައެއް ކަމަށްވެސް މައުލުމާތުދިން ފަރާތުން ވަނީ ބުނެފައެވެ.

"ގާފު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ، އަންހެން މީހާގެ އާއިލާގެ ފަރާތުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ގާފު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގއ. ގެމަނަފުށިން ގެވެށި އަނިޔާގެ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަގުގީގުކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަނިޔާ ލިބުނު އަންހެން މީހާ ގދ. ތިނަދޫއަށް ގެނެސް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ