logoEN
WAMCO TOP 1
ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުގައި ހިންގޭ ފުރަތަމަ “ބްލޫސް ރީ-ޓްރެއިނިންގ” ޕްރޮގްރާމް ފަށައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުގައި ހިންގޭ ފުރަތަމަ “ބްލޫސް ރީ-ޓްރެއިނިންގ” ޕްރޮގްރާމް ފަށައިފި

# ފުލުހުން

-

ފަންނީ މައުލޫމާތާއި އަހުލާގީ މިންގަނޑުތަކާއި ލީޑަރޝިޕް ހުނަރުތަކާއި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ބްލޫސް ރީ-ޓްރެއިނިންގ ޕްރޮގްރާމް 2026 ފަށައިފިއެވެ. މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުގައި ހިންގޭ ފުރަތަމަ ‘ބްލޫސް ރީ ޓްރެއިނިންގ ޕްރޮގްރާމެވެ.

THE TRAVELLER AD

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގެ ސެންޓަރ ފޯ ޕަބްލިކް ސޭފްޓީ އެންޑް ސެކިޔުރިޓީ ސްޓަޑީޒް އިން މި ޖުލައި މަހުގެ 18 އިން ފަސް ދުވަހުގެ މުއްދަތަށް ދ.ވާނީ ގައި ކުރިއަށްގެންދާ މި ޕްރޮގާރާމުގެ މަގުސަދަކީ ޒަމާނީ ފުލުހުންގެ ހިދުމަތުގައި ދިމާވާ ގޮންޖެހުންތަކަށް ފުލުހުން އަހުލުވެރިކުރުވުމެވެ. އަދި ޒިންމާދާރު، ފަންނީ އަދި ރައްޔިތުންނާ ގާތުން ހިދުމަތްދޭ ފުލުހުންގެ މުއައްސަސާއެއް ބިނާކުރުމަށް މަގުފަހިކުރުވުމެވެ.

މި ޕްރޮގްރާމުގައި، އިންޓާނަލް އެތިކްސް ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އޭ އައި ، އޮޕަރޭޝަނަލް ޕޮލިސިންގ އާއި ސިނާރިއޯ ބޭސްޑް ޓްރެއިނިންގ ގެ އިތުރުން ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިން ފަދަ މޮޑިއުލްތައް ކިޔަވައިދޭނެއެވެ. އަދި ދިމާވާ ތަފާތު ހާލަތްތަކުގައި އަވަސް އަދި ރަނގަޅު ނިންމުންތައް ނިންމުމާއި މައްސަލަ ހައްލުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ އިތުރުން މުއާމަލާތް ކުރުމުގައި ވިސްނަންޖެހޭ ކަންކަމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުނަރު ތަރައްގީކުރުން ހިމެނެއެވެ.

މި ޕްރޮގާރަމަކީ، މުއައްސަސާގެ ކުރިއެރުމަށާއި، އައު އީޖާދުތަކަށް އަހުލުވެރިވުމަށާއި، ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ، އަހުލާގު ރަނގަޅު، ހުނަރުވެރި ފުލުހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.

މި ޕްރޮގާމްގެ ފުރަތަމަ ބުރު އަމާޒުކޮށްފައި ވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ކޮންސްޓަބަލް ރޭންކް އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކް އާ ދެމެދުގެ ފުލުހުންނަށެވެ. މި ޕްރޮގްރާމުގައި 98 ފުލުހުން ބައިވެރިވެއެވެ.

ކޮމެންޓް
ފަހުގެ
HDC