logoEN
WAMCO TOP 1
ހުޅުމާލެ މިސްކިތަކަށް ގެއްލުން ދީފި

ހުޅުމާލެ މިސްކިތަކަށް ގެއްލުން ދީފި

# މިސްކިތް# ފުލުހުން# ހުޅުމާލެ

އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފައި

ހުޅުމާލެ މިސްކިތަކަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

THE TRAVELLER AD

ފުލުހުން ރޭގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ފަތިހު 3:47 ހާއިރު ކަމަށެވެ. ނަމަވެސް ގެއްލުންދީފައިވަނީ ކޮން މިސްކިތެއްކަމާއި، މީހަކު ހައްޔަރުކޮށްފައިވާކަމެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީޑީއާތަކުގައި ރިޕޯޓްކޮށްފައިވަނީ ގެއްލުންދީފައިވަނީ ހުޅުމާލެ ޗަނބޭލީ މަގުގައި ހުންނަ އަޒީޒާ މިސްކިތް ކަމަށެވެ. އަދި މިސްކިތުގެ 2 ބިއްލޫރިގަނޑު ވަރަށް ބޮޑަށް ތަޅާލާފައިވެސްވެ އެވެ.

ކޮމެންޓް
ފަހުގެ
HDC