
-
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މި ޖުލައި މަހުގެ 16 ވަނަ ދުވަހު ނައްތައިލާފައިވަނީ 67 ފުޅި ބަނގުރަލާއި 259 ދަޅު ބިޔަރެވެ.
ފުލުހުން ބުނީ، މި ތަކެއްޗަކީ މިހަރުގެ އޭޕްރީލް 4 އިން ޖޫން 14އަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތައިލާފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެދަށުން ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.
ގުޅުންހުރި

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުގައި ހިންގޭ ފުރަތަމަ “ބްލޫސް ރީ-ޓްރެއިނިންގ” ޕްރޮގްރާމް ފަށައިފި

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު 8 ލައްކައެއްހާ ރުފިޔާ އަނބުރާ ހޯދައިފި




