logoEN
WAMCO TOP 1
ދެވަނަ ކުއާޓަރުގައި ގެވެށި އަނިޔާގެ 258 މައްސަލަ ރިޕޯޓްކޮށްފި

ދެވަނަ ކުއާޓަރުގައި ގެވެށި އަނިޔާގެ 258 މައްސަލަ ރިޕޯޓްކޮށްފި

# ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ# ގެވެށި އަނިޔާ

ގެވެށި އަނިޔާގެ 258 މައްސަލަ ރިޕޯޓްކޮށްފި

2026 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރުގައި ގެވެށި އަނިޔާގެ 258 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

THE TRAVELLER AD

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ މިދިޔަ 3 މަސްދުވަހުގެ ތެރޭގައި ގެވެށި އަނިޔާ ލިބިގެން 302 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، 250 ގެވެށި އަނިޔާގެ އަމަލު ހިންގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭޕްރިލް މަހުން ފެށިގެން ޖޫން މަހާ ހަމައަށް އެ އޮތޯރިޓީއަށް ސީދާ ހުށަހެޅުނު އަދި އެހެން މުއައްސަސަާތަކަށް ރިޕޯޓްކޮށްފައިވާ 236 މައްސަލަ ހިމެނެ އެވެ. އަދި ގެވެށި އަނިޔާގެ މައްސަލައިގެ ރިފަރަލްތަކުގެ 258 މައްސަލައެއް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުން ދައްކަ އެވެ.

މީގެއިތުރުން މި ދެ ކުއާޓަރުގައި ގެވެށި އަނިޔާ ލިބިގެން ޖުމްލަ 598 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ފުރަތަމަ ކުއާޓަރުގައި ރިޕޯޓްކޮށްފައިވަނީ 298 މައްސަލައެކެވެ. އަދި ދެވަނަ ކުއާޓަރުގައި ރިޕޯޓްކޮށްފައިވަނީ 300 މައްސަލަ އެވެ.

ދެ ކުއާޓަރުގައި ގެވެށި އަނިޔާ ހިންގައިގެން ރިޕޯޓްކުރެވުނު މީހުން އަދަދު ޖުމްލަ 461 އަށް އަރާއިރު، ފުރަތަމަ ކުއާޓަރުގައި ރިޕޯޓްކޮށްފައިވަނީ 223 މައްސަލައެވެ. އަދި ދެވަނަ ކުއާޓަރުގައި ރިޕޯޓްކޮށްފައިވަނީ 238 މައްސަލަ އެވެ.

ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ މުއައްސަސާތަކަށެވެ. އެއީ 153 މައްސަލަ އެކެވެ. ދެވަނަ އަށް އެންމެ ގިނަ މައްސަލަ ށ.އަތޮޅުން ހުށަހަޅާފައިވާއިރު ތިން ވަނަ އަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ހދ. އަތޮޅުންނެވެ. އެއީ ށ. އަތޮޅުން 37 މައްސަލައެއް އަދި ހދ.އަތޮޅުން 20 މައްސަލައެކެވެ.

މުޅި ރާއްޖެއިންވެސް ގެވެށި އަނިޔާގެ މައްސަލަތައް މި 3 މަސްދުވަސްތެރޭގައި ލިބިފައިވަނީ އަންހެނުންނަށެވެ. އެއީ 208 މައްސަލައެއްގައި އަންހެނުން ހިމެނޭއިރު، ފިރިހެނުން ހިމެނިފައިވަނީ 73 މައްސަލައެއްގަ އެވެ. އޭގެ ތެރޭގައި 18 އަހަރުން މަތީގެ 170 މީހަކު ހިމެނޭއިރު 18 އަހަރުން ދަށުގެ 38 ކުޑަކުދިން ހިމެނޭ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި ހުރިހާ މައްސަލަތަކުގެ ތެރެއިންވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމުގެ މައްސަލަތަކެވެ. މީގެތެރެއިން ބިރުދެއްކުމާއި ޖިސްމާނީ އަނިޔާ ދިނުން ހިމެނެ އެވެ.ގެވެށި އަނިޔާއާ ގުޅިގެން ޤާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ގެވެށި އަނިޔާއަށް މީހުން ހޭލުންތެރިކުރުމަށް ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް
ފަހުގެ
HDC