
އަޅުގަނޑުވެސްް ދެން ރައީސް ސޯލިހާއެކު މަސައްކަތްކުރަން ބޭނުން ނުވޭ - ނަޝީދު
# މުހައްމަދު ނަޝީދު# އިބްރާހިމް މުޙައްމަދު ސޯލިހުIbrahim-Mohamed
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ.
މާދަމާ ރޭ ކ. އާރަށުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލުކޮށްލެއްވުމަށްް ހަމަޖެހިފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ، އެދުވަހު އެމަނިކުފާނު މާލޭގައި ހުންނެވި ނަމަވެސް އެބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.
އެބައްދަލުވުމަކީ ރައީސް ސޯލިހުގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު އެމަނިކުފާނާއި ވާހަކަ ދައްކަވާ ކަންކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި، އެހެންކަމުން އެމަނިކުފާނުވެސް ދެން ރައީސް ސޯލިހާ އެކު މަސައްކަތްކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.
ގުޅުންހުރި

ނަޝީދު ވިދާޅުވަނީ އެމްޑީޕީއަކީ އެމަނިކުފާނަށް ދަރިއެއް ފަދަ ޕާޓީއެއް ކަމަށް!

ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސް މުޢިއްޒުގެ ތަޢުޒިޔާ ފޮނުއްވައިފި

ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް, މަޖިލީހުގައި އިދިކޮޅު ޕާޓީގެ ދައުރު މުހިންމު - ރައީސް ސޯލިހު
